ފާރަގެމަ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ޖުވާ ކުޅިބައި ސެޓެއް މައްޗަންގޮޅިގެ ގެއަކުން ހޯދައި ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ރޭ އިރާކޮޅު ކޯޓު އަމުރެއްގެ ދަށުން މއ.ގަޖުރާގެ ބަލައިފާސްކޮށް އަންހެނަކާއި ހަ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގަ އެވެ.
ފުލުހުން ބުނީ ގަޖުރާގެ ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 61 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ގަނޑެއްގެ އިތުރުން ވީޑް ޕެކެޓެއް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކިރުމަށް ބޭނުން ކުރާ ކައްޓާއަކާއި ދެ ޖުވާ ކުޅިބައިގެ އިތުރުން މަސްނޫއީ ފިރިހެން ހައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.