މާލޭ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ސުޓެލްކޯ މައި އިމާރާތް-- ސަން ފައިލް ފޮޓޯ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ރައޫފް ސަން އަށް ވިދާޅުވީ މިއަދު 9:25 ކަންހާއިރު އެކުންފުނީގެ ބޮޑު ދެ އިންޖީނު ފެއިލް ވުމާއިގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މިއަދު މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި މާފަންނުގެ ބައެއް ހިސާބުތަކާއި މައްޗަންގޯޅީގެ ބޮޑު ހިސާބެއް ހިމެނެއެވެ.

"މާލޭގެ ތަންކޮޅެއް ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ދިޔަ." ރައޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް އަނބުރާ ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް 20 މިނެޓު ތެރޭ އަނބުރާ ކަރަންޓު ދެވޭ ވަރުވާނެ ކަމަށެވެ.

comment ކޮމެންޓް