ކުރީގެ މެމްބަރު ނާޒިމް އެޑްމިޓްކޮށްފި

މެމްބަރު ނާޒިމް ރޭ ބޭސް ފަރުވާ ކުރުމަށް އޭޑީކޭއަށް ގެންނަނީ: ސަން ފޮޓޯ/ އަހުމަދު އާޒިފު

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު ސަން އަށް ވިދާޅުވީ، ނާޒިމް އެޑްމިޓްކޮށްފައި ވަނީ އޭނާގެ އުނަގަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

"ޑޮކްޓަރަށް ދެއްކުމުން އިންޖެކްޝަން ޖަހާފައި އޮބްޒަވޭޝަންގައި ބޭއްވީ، މިއަދު ކަށީގެ ޑިޕާޓްމެންޓުން ބަލާފައި އެޑްމިޓްކުރީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ނާޒިމްގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަމަވެސް ފިޒިއަތޮރަޕީ ހަދަން ޖެހޭ ކަމަށެވެ. އެޑްމިޓުގައި ވާނީ ކިތައް ދުވަސްކަން އަދި ނޭނގޭ ކަމަށް މުސަ ވިދާޅުވި އެވެ.

އުނަގަނޑުގައި ރިއްސުމުގެ އިތުރުން ހަކުރު މައްސަލަ ފަދަ ކަންކަމުގައި ޑޮކްޓަރަށް ދެއްކުމަށް ނާޒިމް އެދިފައިވުމުން އެކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މީގެކުރިން ނާޒިމް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ވެސް ފަރުވާދީފަ އެވެ.

comment ކޮމެންޓް