ނައިފަރު ގައި 15 ޓީމް ބައިވެރިވާ ފުޓްސެލް މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ. އޭގެ ތެރޭގައި ނައިފަރުގައި 13 ޓީމާއި ނައިފަރު ކައިރީގައި އޮންނަ ފެލިވަރުގެ ޓީމަކާއި ނައިފަރު ޕޮލިސް ސްޓޭޝަންގެ ޓީމެއް ހިމެނެއެވެ. މި މަހު 20 ވަނަ ދުވަހު ފެށި މި މުބާރާތް ފައްޓަވާދެއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މި މުބާރާތް ކުރިއަށްދާނީ ނައިފަރު ފުޓްސެލް ދަނޑުގައެވެ.

ނައިފަރު ފުޓްސެލް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ނައިފަރު ކައުންސިލް
މި މުބާރަތް އިންތިޒާމު ކުރަނީ މެމްބަރު އަހުމަދު ޝިޔާމްގެ މަންމާފުޅުގެ ހަނދާނުގައި އުފައްދާފައިވާ އެފް އެޗް ފައުންޑޭޝަނުންނެވެ.