މަގުތަށް އަމާންތަނަކަށް ހެދޭނީ އެންމެންގެ އެއްބާރުލުން ލިބިގެން: ސީޕީ

މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މަގުތައް އަމާންތަނަކަށް ހެދޭނީ، ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭމީހުންވެސް އެކަމަށް ސަމާލުވެ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ޙުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން ހިންގި ދެ ވަނަ ޖީމް އިންސްޓްރަކްޓާ ކޯސް އަދި ތިން ވަނަ ޑްރައިވިން ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ކިތަންމެ ފަރިތަ ނުވަތަ ވެހިކަލް ދުއްވުމުގެ ހުނަރު ލިބިފައިވާ މީހެއް ނަމަވެސް، އެކްސިޑެންޓެއް ދިމާވާ ވަގުތު ދެން އަންނަ ވެހިކަލްގެ ކޮންޓްރޯލެއް އޭނާގެ އަތުގައި ނޯންނާނެ ކަމަށެވެ.

މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސީޕީ ވިދާޅުވީ އުޅަނދުތައް ދުއްވުމާ ގުޅޭ ތަމްރީނު ކިތަންމެ ވަރަކަށް ހޯދައިގެން މަގުމަތީގައި ދުއްވި ނަމަވެސް، ޖެހިގެން އޮތް ގޯޅިން ބާރު ސްޕީޑުގައި ނުކުންނަ ވެހިކަލެއްގައި ހުރި މީހެއް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން އެކަކަށް ވެސް ނުލިބޭނެ ކަމަށެވެ. އަދި ޖީމެއްގެ ތެރޭގައި ތަމްރީނުވެފައި ހުރި ހަކަތަ ވަރުގަދަ މީހަކު ޑްރައިވިން ތަމްރީނެއް ހަދައިގެން ނުކުތްކަމުގައި ވިޔަސް އޭނާގެ ގައިގައި އެހެން ވެހިކަލެއްގައި ހުރި މީހަކު ކޮންޓްރޯލު ކުރުމުގެ ހަކަތަ ނުހުންނާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

މިއަދުވެސް އަޅުގަނޑުމެން ހަނދާން ކުރަން މިޖެހެނީ ދޭތެރެއަކުން އަޑުއިވެމުން މިދަނީ އެކްސިޑެންޓެއްގައި މީހަކު ނިޔާވާ ވާހަކަ. ބޮޑު އެކްސިޑެންޓެއްގައި ބޮޑު އަނިޔާއެއް ވާވާހަކަ،" ސީޕީ ވިދާޅުވި އެވެ.

މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ވިސްނުންތެރިކަމާ އެކު ފަރުވާބަހައްޓައިގެން އެއްޗިހިދުއްވާނަމަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، ބޮޑެތި އަނިޔާ ލިބި މީހުން މަރުވުންފަދަ ކަންތައްތައް މެދުވެރިނުވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

"އަޅުގަނޑު މި އިލްތިމާސްކުރަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެއްޗިހި ދުއްވާ މީހުންނަށް ސަލާމަތްތެރިކަމާ ރައްކާތެރިކަން މަތީގަ އެއްޗިހި ދުއްވަން އާދަކުރައްވާށޭ،" ސީޕީ ވިދާޅުވިއެވެ.

އާންމުންނަށް ވެސް ހުޅުވާލައިގެން ހަ ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ޖީމް އިންސްޓްރަކްޓާ ކޯހުގައި 17 ފުލުހުންނާ އެކު އާންމުންގެ އަށް ފަރާތަކުން ބައިވެރިވި އެވެ. އަދި ހަތަރު ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ޑްރައިވިން ކޯހުގައި 15 ފުލުހުން ވަނީ ބައިވެރިވެފަ އެވެ.

މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

comment ކޮމެންޓް