އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ޖީއެމްއާރުން ސިންގަޕޫރުގެ އެކްސިމް ބޭންކުން ނަގާފައިވާ 160 މިލިއަން ޑޮލަރު ދިވެހި ދައުލަތާއި އެމްއޭސީއެލް އިން ދައްކަން ނުޖެހޭނެ ކަމަށް އެ މައްސަލަ ބެލި ސިންގަޕުރު އާބިޓުރޭޝަނުން ނިންމައިފި އެވެ.
ޖީއެމްއާރު ކުންފުނިން އިބްރާހިމް ނާސިރު އިންޓްނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 160 މިލިއަން ޑޮލަރު ނަގާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ލޯނަށް ދިވެހި ސަރުުކާރާއި އެމް އޭސީ އެލުން ވަނީ ގެރެންޓީ ދީފަ އެވެ. އަދި ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމާ ގުޅިގެން އެ ލޯނުގެ ފައިސާ ދެއްކުމަށް ސަރުކާރަށާއި އެމް އޭސީ އެލް އަށް އެކްސިމް ބޭންކުން ފޮނުވި ނޯޓިސް އަށް އަމަލު ނުކުރުމާއި ގުޅިގެން އެ ބޭނުންކުން 2013 ވަަނަ އަހަރު މައްސަލަ ހުށަހެޅީ ސިންގަޕޫރު އާބިޓްރޭޝަނަށެވެ.
ސިންގަޕޫރު އާބިޓުރޭޝަނުން އެމައްސަލަ ބަލައި ފައިނަލް ނިންމުމުން މިދިޔަ ހުކުރު ދުވަހު ވަނީ އިއްވާފަ އެވެ. އެ ނިންމުމުގައި ވާގޮތުން:
- އެކްސިސް ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ދައުވާއެއް ސާބިތެއް ނުވޭ.
- ސިންގަޕޫރު އާބިޓުރޭޝަނުގައި ކުރެވުނު ގާނޫނީ މަސައްކަތުގެ ހަރަދުގެ ގޮތުގައި ހިނގި ފައިސާ އެކްސިސް ބޭންކުގެ ފަރާތުން ދިވެހިސަރުކާރަށް ދެއްކުމަށް އަންގާފައިވޭ.
ދިވެހި ސަރުކާރުން މީގެ ކުރިންވެސް ބުނެފައި ވަނީ އެކްސިމް ބޭންކުން ސަރުކާރާއި ދެކޮޅަށް ހުށަހެޅި މައްސަލަ އަކީ ސަރުކާރު ޒިންމާވާން ޖެހޭ މައްސަލަ އެއް ނޫން ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ޖީއެމްއާރުން ސިންގަޕޫރުގެ އެކްސިމް ބޭންކުން ނަގާފައިވާ 160 މިލިއަން ޑޮލަރު ދިވެހި ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށް އެ ބޭންކަށް ސަރުކާރުން ވަނީ މީގެ ކުރިން ވެސް އަންގާފައެ ވެ.