އުރީދޫ ދިވެހި ޕްރިމިއާ ލީގް ދޮޅު މަސް ދުވަހަށް މެދު ކަނޑާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗްމަހިބަދޫ މައްޗަށް 2-0ގެ ނަތީޖައަކުން ވިކްޓްރީ ކާމިޔާބު ހޯދައިފި އެވެ.
މެޗްގައި ވިކްޓްރީގެ ދެ ލަނޑު ވެސް ފެނިގެންދިޔައި ދެ ވަނަ ހާފުގަ އެވެ.
އެޓީމް ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހިޝާމް ސަލިމެވެ.
ދެ ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެތް ތެރޭގައި ކަމިޔަބު ކުރީ އަހްމަދު ޒިއާން އެވެ.
މީގެ އިތުރުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވިކްޓްރިއަށް ލިބިގެންދިޔަ އެވެ. ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނު ސަބަބާ ބެހޭ ގޮތުން، މެޗަށް ފަހު ވާހަކަ ދައްކަމުން ވިކްޓްރީގެ އަޙްމަދު ނާޝިދު (ނާދު) ބުނީ ވިކްޓްރީގެ ފޯވަޑަކަށް ކުޅޭ ކުޅުންތެރިޔާއަކީ ތަޖުރިބާ މަދު ކުޅުންތެރިޔެއް ކަމަށާއި ގިނަ މެޗްތަކަކުން އޭނާ އަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
މެޗަށް ފަހު ވާހާކަ ދައްކަމުން މަހިބަދޫގެ ކޯޗް ޔުރޮދާން އިވަނޯވް ސްޓައިކޯވް ބުނީ މަހިބަދޫގެ މީގެ ކުރިން ޅިގްގައި ކުޅުނު ފުރަތަމަ ދެ މެޗަށް ވުރެ މަހިބަދޫގެ ކުޅުން ރަނގަޅު ކަމަށާއި ކުޅުންތެރިންގެ މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އީގަލްސްއާ ވެލެންސިއާ އެވެ.