އެސްޓީއޯ ސުޕަމާޓް ބޮޑުކޮށްފި

ޖޫން 17، 2015: އެސްޓީއޯ ސުޕަމާކެޓް ބޮޑުކުރުމައްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާރުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަހަރު ޖެނުއަރީ މަހު މަރާމާތުކުރަން ފެށި އެސްޓީއޯ ސުޕަމާޓް ބޮޑުކޮށް އަލުން ހުޅުވައިފި އެވެ.

ކުރިން އެސްޓީއޯ ސުޕަމާޓްގެ ބޮޑުމިނަކީ 3300 އަކަފޫޓެވެ. ނަމަވެސް މަރާމާތަށް ފަހު މިހާރު ހުޅުވާފައިވާ ސުޕަމާޓްގެ ބޮޑުމިނަކީ 8500 އަކަފޫޓެވެ.

އެސްޓީއޯ ސުޕަމާޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސުޕަމާޓް ރަސްމީކޮށް ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރާއި އެ ކުންފުނީގެ ބޯޑު މެންބަރު އަބްދުލް ހާދީ ހުސެންފުޅު އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އެސްޓީއޯ ސުޕަމާޓްގެ ސީނިއާ މެނޭޖާ ހަމްދޫން ސައީދު ވިދާޅުވީ "އެސްޓީއޯ ސުޕަމާޓަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި ސިންގަލް ސްޓޯރީ ހުރި އެންމެބޮޑު ސުޕަމާކެޓް" ކަމަށެވެ. އަދި މަރާމާތަށްފަހު ސުޕަމާޓް ހުޅުވިއިރު އެތަނުން އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް ހުޅުވިގެންދިޔަ ކަމަށެވެ.

އެސްޓީއޯ ސުޕަމާޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އަލަށް ހުޅުވި ސުޕަމާޓްގައި 10 ކޭޝްކައުންޓަރު ބަހައްޓާފައި ހުރި އިރު، އާއިލާ އާއެކު ގޮސް ވިޔަފާރިކުރާ ކުރުމުގައި ކުޑަކުދިން އުފާކޮށްދިނުމަށް "ކިޑްސް ޒޯނެއް" ވެސް ހަދާފައިވެ އެވެ. އަދި ކުރިން ހުރި ސުޕަމާޓާ ހިލާފަށް ވިޔަފާރިކޮށްލަން ހިތްގައިމު ގޮތަކަށް ފިހާރާގައި ވަނީ އިތުރު މުދާތައް އަތުރާފަ އެވެ.

ޖޫން 17، 2015: އެސްޓީއޯ ސުޕަމާކެޓް ބޮޑުކުރުމައްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާރުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އަލަށް ހުޅުވި ސުޕަމާޓް ހުންނާނީ ކުރިން ވެސް އެ ފިހާރަ ހުރި އޯކިޑްމަގު ބީއެމްއެލް ލައިޓް ކައިރީގަ އެވެ.

comment ކޮމެންޓް