ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ޝަރީއަތް ހިންގި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ޝުޖާއު އުސްމާން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އަބްދުﷲ ދީދީ އާއި ސުޖާއު އުސްމާން ހުވާކުރެއްވުމާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އެ ދެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅު އަރުވާފައެވެ.
އެ ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ހަމީދު މުހައްމަދާއި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.