އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ، ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ސޮބާހުގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ އިތުރުކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެފަހަރު އޭނާގެ ބަންދަށް އިތުރުކޮށްފައި ވަނީ 15 ދުވަހެވެ.
ކުރިން އިތުރުކުރި 15 ދުވަހުގެ މުއްދަތު ހަމަވާތީ ސޮބާހުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން މިހަފަހަރު ނިންމީ އޭނާ އިތުރު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.
ސޮބާހު ހައްޔަރުކޮށްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުންހިންކަން ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައެވެ.