"ޕޮލިސް ކްލަބް ޒަމާނީ ބަށިބޯޅަ މުބާރާތް" ފަށައިފި

މިއަދު އަޑި ޕާކުގައި ފެށި ބަށި މުބާރާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިނިވަން 50ގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އަންހެން ފުލުހުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "ޕޮލިސް ކްލަބް ޒަމާނީ ބަށިބޯޅަ މުބާރާތް" ފަށައިފިއެވެ.

މިއަދު އަޑު ޕާކުގައި ފަށާފައިވާ އެ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެ މުބާރާތުގައި ޖުމްލަ 10 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުލުހުންގެ މުއައްސަސާތަކުގެ ތެރެއިން ޑައިރެކްޓްރޭޓް އާއި ކޮމާންޑް އަދި ޑިޕާޓްމެންޓްތަކުން ޖުމްލަ ހަ ޓީމް މުބާރާތުގައި ވާދަކުރާނެއެވެ.

ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އެ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ބަދަހިކޮށް ކުރުމެވެ.

މިއަދު އަޑި ޕާކުގައި ފެށި ބަށި މުބާރާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދު މުބާރާތުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗު ކުޅެފައިވަނީ ހަވީރު އެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އެ މުބާރާތުގެ ކޮންމެ މެޗަކުންވެސް އެންމެ މޮޅަށް ބޯޅަ ޖަހާ ކުޅުންތެރިޔާ އާއި ބޯޅަ ހިފާ ކުޅުންތެރިއެއް ހޮވާނެއެވެ. އަދި ފައިނަލް މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނެއެވެ.

މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވައިގެން ފުލުހުންގެ ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ސީޕީ ދެއްވާ ޓްރޮފީ ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް