ކަރަންޓުގެ މައްސަލަ ހައްލުކޮށް ޑޮމެސްޓިކް ޓާމިލްގެ ޚިދުމަތް ފަށައިފި

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލެއް ----

ކަރަންޓް ކެނޑުމުގެ ސަބަބުން ޚިދުމަތް މެދުކަނޑާލަންޖެހުނު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ޚިދުމަތް ފަސް ގަޑިއިރަށް ފަހު ފަށައިފި އެވެ.

އެއާޕޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޭ ފަތިހު 5:00 ގައި ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ކެނޓު ކެނޑިފައިވާ އިރު، އަލުން ކަރަންޓު ލިބުނީ ހެނދުނު 10:30 އެހާކަންހާއިރު ކަމަށެވެ.

ކަރަންޓު ކެނޑުނު ވަގުތު ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް އިންޓަނޭޝަނަލް ޓާމިނަލަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ އިރު، ފްލައިޓުތައް ޑިލޭކުރަން ޖެހުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފްލައިޓު ދަތުރުތަކަށް މާބޮޑު ހުރަހެއް އެޅިފައިނުވާ ކަމަށާއި ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ޑޮމެސްޓިކް ޓާމިލަންގައި ޚިދުމަތްދޭން ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ކެނޑުނީ އެ ޓާމިނަލަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

comment ކޮމެންޓް