ކުރީގެ ވަޒީރު، އަބްދުﷲ ހަމީދުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީރުކަން ކުރެއްވި އަބްދުﷲ ހަމީދުގެ އަނބިކަނބަލުން އައިޝަތު މޫސާ ކަލޭފާނު މިއަދު މެންދުރުފަހު ސްރީލަންކާގައި އަވަހާރަވެއްޖެ އެވެ. ހަމީދުގެ އާއިލާއިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ އައިޝަތު މޫސާ ކަލޭފާނު 69، އަވަހާރަވީ ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު މެންދުރު 2:45 ހާއިރު ކަމަށެވެ. "ދުވަސްކޮޅެއް ވެއްޖެ ބަލިވެ އުޅުއްވާތާ. އެހެން އުޅެނިކޮށް ކުއްލިއަކަށް ބަލި ހާލު ބޮޑުވެގެން މިއަދު ނިޔާވީ،" އޭނާ ވިދާޅުވި އެވެ. އައިޝަތު މޫސާ ކަލޭފާނު އަވަހާރަވިއިރު ހަ ފިރިހެން ބޭފުޅުންނާއި ހަ އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އައިޝަތު މޫސާގެ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަމްދޫން ހަމީދާއި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދާއި މައުމޫން ހަމީދު އަދި މިފްކޯގެ ޗެއާމަން ޑރ. ފާތިން ހާމީދު އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ނާއިބު ރައީސް ޑރ. ހާލާ ހަމީދު ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް