މިނިސްޓަރު ފެންވަރުގައި މުލިއާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި، ރައީސްގެ ބޭބޭފުޅު އިގްބާލު ވަކިކޮށްފި

މުލީއާގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމް މަގާމުން މިއަދު ވަކިކޮށްފިއެވެ.

އިޤްބާލް ވަނީ އެކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ވަކިކުރެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

އިގްބާލްގެ ކޮއްކޮ އަދި ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޢަލީ ޢާރިފް ވަނީ މިދިޔަ އޭޕްރިލް މަހުގެ 13ވަނަ ދުވަހު އިސްތިއުފާދެއްވައިފައެވެ. އެއީ އޭޕްރިލް މަހު ބޭއްވި ކައުންސިލު އިންތިޚާބާއި ދެ އިންތިޚާބު އެއްފަހަރާ ބާއްވަން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބަށް ފަހެވެ. ނަމަވެސް ޢާރިފް އިސްތިއުފާދެއްވި ސަބަބެއް ޔަގީނެއް ނޫނެވެ.

ދެ ބޭފުޅުންނަކީ ވެސް ރައީސާ ތިމާގެ ބޭފުޅުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، ވަށަފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އަޣުލަބިއްޔަތު މިއަދު ވެރިކަންކުރާ ޕީއެންސީއަށް ވަނީ ގެއްލިފައެވެ. އެގޮތުން މިއަދު ބޭއްވި ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން އެ މަގާމަށް ވާދަކުރެއްވި ޒައިނާޒް އަޙްމަދަށް 221 ވޯޓު ލިބުނުއިރު، އިންތިޚާބު ކާމިޔާބުކުރެއްވި އަމިއްލަ ކެންޑިޑޭޓު ރިޝްމާ އާދަމަށް ލިބުނީ 278 ވޯޓެވެ.

comment ކޮމެންޓް