99 އިންސައްތަ ބިދޭސީންގެ މައުލޫމާތު ނަގައިފި: "ދުނިޔޭގެ އެއް ޕަސެންޓް ގައުމުން ހާސިލުކޮށްފައިވާ ކާމިޔާބީއެއް"

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ -- ސަން ފޮޓޯ: ޝާތިއު އަބްދުالله

ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ މިހާރު އެއްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެތެރެއަށް ބަލާއިރު އެންމެ ބޮޑަށް ބަލަންޖެހެނީ ބިދޭސީންގެ މައްސަލަތަކަށް ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި އުޅެނީ ކިތައް ބިދޭސީންކަން އެނގިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ މީހުން ތިބި ތަނެއް ވެސް ނޭނގެ. އެކަމަކު ކޮންމެ ސަރުކާރަކުން މި މައްސަލަ ހައްލުކުރާނަމޭ ބުނީމަ ރައްޔިތުން ވޯޓުދީގެން މި ހަވާލުކުރަނީ. ނަމަވެސް އަޅުގަނޑުމެންނާ ކުރީ ސަރުކާރުތަކާ ހުރި ތަފާތަކީ އަޅުގަނޑު ޕޯޑިއަމެއް ކައިރީގައި ހުއްޓި ދެއްކި ވާހަކައެއްވިއްޔާ އަޅުގަނޑު އަބަދުވެސް ދަންނަވާ ފަދައިން، އެއަށް އިޚްލާސްތެރިކަމާއެކު އަމަލީ ސިފަ ގެންނަން މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ބަޔޮމެޓްރިކްސް ނަގައި ނިމިފައިވާ ކަމަށާއި މިހާރު ބާކީ ނުނެގި ހުރީ އެންމެ އިންސައްތައެއް ކަމަށެވެ.

އެ މަނިކުފާނު ވަނީ މި ކުރިއެރުމަކީ ދުނިޔޭގެ ގައުމުތަކުގެ ނިސްބަތަަށް ބަލާއިރު އެންމެ އެއް ޕަސެންޓު ގައުމުން ހާސިލްކޮށްފައިވާ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ އިޚުލާސްތެރިކަމާއެކު މަސައްކަތެއްކުރާނަމަ ކަންކަން ހާސިލުކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފުވާ މީހުން ރެކޯޑު އަދަދަކަށް އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ: ޝާތިއު އަބްދުالله

"13،000 ބިދޭސީން އަޅުގަނޑުމެން ޑީޕޯޓުކޮށްފިން. މިއީ މިދިޔަ އެތައް ސަރުކާރަކާ އަޅައިބަލާއިރު ވަރަށް ބޮޑު އަދަދެއް." ރައީސް ވިދާޅުވިއެވެ.

https://sun.mv/228174

ނިމުނު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރަނގި އޮޕަރޭޝަން ނިންމައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް