ޝައޯމީގެ "ކްލިޕް" އޯޕަން-އިއާ ވަޔަރލެސް އިއާބަޑްސް ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމަށްޓަކައި އެ ކުންފުނީގެ ގްލޯބަލް ވެބްސައިޓުގައި ލިސްޓުކޮށްފިއެވެ. ޚާއްޞަ އިވެންޓެއްގައި ޝައޯމީ 18 ޕްރޯ ސީރީޒް، ޝައޯމީ ވޮޗް އެސް ފަހެއް 41 މިލިމީޓަރު، ސްމާޓް ބޭންޑް 11 އަދި މިޖިއާ ސްމާޓް ހޯމްގެ ބައެއް އުފެއްދުންތަކާ އެކު މި އިއާބަޑްސް ރަސްމީކޮށް ތަޢާރަފުކުރާން ހަމަޖެހިފައިވަނީ މާދަމާއެވެ.
މީގެ ކުރިން މިދިޔަ މޭ މަހު ޗައިނާގެ ބާޒާރަށް ޝައޯމީ 17 މެކްސް އަދި ސްމާޓް ބޭންޑް 10 ޕްރޯއާއެކު ނެރުނު މި އިއާބަޑްސް ޗައިނާގައި ވިއްކަން ފަށާފައިވަނީ 849 ޔުއާން (ގާތްގަނޑަކަށް 12،000 އިންޑިއަން ރުޕީސް) އަށެވެ. އެހެންނަމަވެސް ބައިނަލްއަޤްވާމީ ބާޒާރުގައި މި އުފެއްދުން ވިއްކާނެ އަގުތަކާއި ލިބެން ހުންނާނެ ގޮތުގެ ތަފުސީލެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކަންފަތުގެ ބޭރުގައި އަޅުވާލެވޭ ގޮތަށް "އޯޕަން-އިއާ" ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި އިއާބަޑްސްގެ ކޮންމެ ބަޑެއްގެ ބަރުދަނަކީ އެންމެ 5.5 ގްރާމެވެ. އަދި އޭގެ ބޮޑުމިނަކީ 28.15* 18.98 * 24.98 މިލިމީޓަރެވެ. ކަންފަތުގައި ރަނގަޅަށް ހަރުލާފައި ހުރުމަށްޓަކައި ޝޭޕް-މެމޮރީ އެލޯއީއާއެކު ޓައިޓޭނިއަމް ވަޔަރ ބްރިޖެއް ބޭނުންކޮށްފައިވާއިރު، މީގެ ޗާޖިން ކޭސް ފަރުމާކޮށްފައިވަނީ ވީގަން ލެދާ ފިނިޝަކާއެކު ގްރެފައިޓް ބްލެކް، ފްރޮސްޓް ޕަރޕަލް، ޕަރލް ވައިޓް އަދި ސޭންޑް ގޯލްޑް ކުލަތަކުން ލިބޭ ގޮތަށެވެ.
ޗާޖިންގ ކޭސް ގެއްލިއްޖެނަމަ ހޯދުމަށް އެޕަލްގެ "ފައިންޑް މައި" ނެޓްވޯކް ސަޕޯޓް ކުރޭ ---އޯޑިއޯ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި މައިކްރޯކްރިސްޓަލައިން މެޓަލް-ކޯޓެޑް ޑަޔަފްރަމެއް ހިމެނޭ 11 މިލިމީޓަރުގެ ޑައިނަމިކް ޑްރައިވަރުތައް ހިމަނާފައިވާއިރު، އެލްއެޗްޑީސީ 5.0، އޭއޭސީ އަދި އެސްބީސީ ކޯޑެކްތަކުގެ އިތުރުން ހައި-ރެޒް އޯޑިއޯ ވަޔަރލެސް ސެޓިފިކޭޝަން ވަނީ ލިބިފައެވެ. މީގެ ފްރީކުއެންސީ ރެސްޕޮންސް ރޭންޖަކީ 20 ހާޓްޒް އިން 48 ކިލޯހާޓްޒްއެވެ. އަދި ވަޔަލެސް ކަނެކްޓިވިޓީއަށް ބްލޫޓޫތު ފަހެއް ޕޮއިންޓް ހަތަރެއް ބޭނުންކޮށްފައިވާއިރު، މަލްޓިޕޮއިންޓް ޕެއަރިން މެދުވެރިކޮށް އެއްފަހަރާ ދެ ޑިވައިސްއާ ގުޅުވާލެވެއެވެ.
ފޯނު ކޯލުތަކުގެ އަޑު ސާފުކޮށް ގެނެސްދިނުމަށްޓަކައި ބޯން-ކޮންޑަކްޝަން ވޮއިސް ޕިކަޕް ޔުނިޓަކާއެކު ޖުމްލަ ހަތަރު މައިކްރޯފޯން ހަރުކޮށްފައިވާއިރު، ވައިގެ އަޑު ކަނޑުވާލާ ޓެކްނޮލޮޖީއާއި އޭއައި ނޮއިސް ރިޑަކްޝަންގެ އިތުރުން އަޑު ބޭރަށް ލީކުވުން ކުޑަކުރުމަށް ޑައިރެކްޝަނަލް އެކޯސްޓިކް ޑިޒައިނެއް ވަނީ ބޭނުންކޮށްފައެވެ. ޝައޯމީ އިއާބަޑްސް އެޕް މެދުވެރިކޮށް މީގެ ކޮންޓްރޯލްތައް ބަދަލުކުރެވޭއިރު، ޝައޯމީ ހައިޕައޯއެސް ޑިވައިސްތަކުގައި އޯޑިއޯ ޝެއަރިންގ އަދި ފަސޭހައިން ޑިވައިސް ބަދަލުކޮށްލުމުގެ ޚިދުމަތް ލިބެއެވެ.
ކޮންމެ އިއާބަޑެއްގައި 60 މިލިއެމްޕަޔަރ އަވާގެ ބެޓެރިއެއް އަދި ޗާޖިން ކޭސްގައި 510 މިލިއެމްޕަޔަރ އަވާގެ ބެޓެރިއެއް ހިމެނޭއިރު، އޭއޭސީ ކޯޑެކް ބޭނުންކުރާނަމަ އެއްފަހަރު ޗާޖުކޮށްގެން ނުވަ ގަޑިއިރު އަދި ޗާޖިންގ ކޭސްއާއެކު ޖުމްލަ 38 ގަޑިއިރު ބޭނުންކުރެވޭނެއެވެ. އެހެންނަމަވެސް އެލްއެޗްޑީސީ 5.0 ބޭނުންކުރާނަމަ މި ވަގުތު ހަ ގަޑިއިރަށާއި 25 ގަޑިއިރަށް ދަށްވާނެއެވެ. ޔޫއެސްބީ ޓައިޕް-ސީ މެދުވެރިކޮށް ޗާޖުކުރެވޭ މި އިއާބަޑްސް އެންމެ 10 މިނެޓު ޗާޖުކޮށްލުމުން ތިން ގަޑިއިރާއި ބައި ވަންދެން ބޭނުންކުރެވޭނެ ކަމަށް ޝައޯމީން ބުނެއެވެ.
މި އުފެއްދުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ޗާޖިންގ ކޭސް ގެއްލިއްޖެނަމަ ހޯދުމަށް އެޕަލްގެ "ފައިންޑް މައި" ނެޓްވޯކް ސަޕޯޓް ކުރުމެވެ. މީގެ އިތުރުން ހިރަފުހާއި ފެނުން ރައްކާތެރިވުމަށް އައިޕީ 57 ރޭޓިންގ ލިބިފައިވާ މި އިއާބަޑްސް ނުވަތަ ކޭސްއަށް ތިން ފަހަރު އޮބާލުމުން އަޑު ރެކޯޑުކުރެވޭ ޚާއްޞަ ފީޗާއެއްވެސް ވަނީ ހިމަނާފައެވެ.