ޔުނައިޓެޑުން ހުށަހެޅި ދެވަނަ ކޮންޓްރެކްޓަށް ވެސް ބްރޫނޯ ބުނީ ނޫނެކޭ

މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭޒް--

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް، ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަން ގާތްވަމުންދާއިރު، އެ ކުލަބުން ދިން ދެވަނަ ކޮންޓްރެކްޓުގައި ވެސް ސޮއިނުކޮށް އަނބުރާ ފޮނުވާލައިފިއެވެ.

ޔުނައިޓެޑާއިއެކު ފެނާންޑޭޒް ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު, 2028 ގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް އައުކުރުމަށް އެ ކުލަބުން ވަނީ ދެފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް ޔުނައިޓެޑްގެ ހުށައެޅުމަށް ނޫނެކޭ ބުނެ، ފެނާންޑޭޒް ވަނީ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރަން ދެކޮޅު ހަދާފައެވެ.

ޔުނައިޓެޑްގެ އެއްބަސްވުން އައު ނުކުރަން ފެނާންޑޭޒް ނިންމި ސީދާ ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު އަންނަ ޖެނުއަރީ މަހުން ފެށިގެން ފެނާންޑޭޒްއަށް އޭނާ ބޭނުން ކްލަބަކާއި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ.

ބޭރު މީޑިއާތަކުގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 32 އަހަރުގެ ފެނާންޑޭޒް ބޭނުންވަނީ ކާމިޔާބީ ހޯދޭނެ ޓީމަކާއިއެކު ކުރިއަށްދިއުމެވެ. އަދި ޔުނައިޓެޑް މިހާރު އޮތް ހާލަތަށް ބަލާއިރު އެ ކުލަބާއެކު އޭނާއަށް އެފަދަ ކާމިޔާބީތަކެއް ހޯދުމަކީ އުނދަގޫކަމެއް ކަމަށް ފެނާންޑޭޒް ދެކެއެވެ.

މި ސީޒަނަކީ ފާއިތުވި 40 އަހަރަށް ބަލާއިރުވެސް ޔުނައިޓެޑްގެ ފެށުން އެންމެ ދަށް ސީޒަނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ކުލަބުގެ ކޯޗު މައިކަލް ކެރިކް ވަނީ މަގާމުން ވަކިކޮށް އެ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސާފައެވެ.

comment ކޮމެންޓް