މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެ މީހާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން މިއަދު އެދިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) އެވެ.
އެ މުއައްސަސާއިން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެ މުއައްސަސާއިން އެދިފައިވެއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލެ ސަރަހައްދުގައި ގެއްލިގެން މީހުން ހޯދަން ދޭތެރެއަކުން އިއުލާންކުރެއެވެ.