ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކްރިސްޓިއާނޯ ރޮނާލްޑޯ އިއުލާނުކޮށްފި

ޕޯޗުގަލްގެ ގައުމީ ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ--

ޕޯޗުގަލް ގައުމީ ޓީމުގައި 23 އަހަރު ހޭދަކުރުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔާވިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ނިންމުން ހާމަކުރީ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ. މިއާއެކު ޕޯޗުގަލްގެ ގައުމީ ޓީމާއެކު އޭނާ ހޭދަކުރި 23 އަހަރުވީ ދިގު އަދި ކާމިޔާބު ކެރިއަރަށް މިވަނީ ނިމުން އައިސްފައެވެ.

ވީޑިއޯ މެސެޖުގައި ރޮނާލްޑޯ ބުނީ، މިއީ ނިންމަން އެއްގޮތަކަށްވެސް ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް މިއަދަކީ ގައުމީ ޓީމުގެ މުސްތަގުބަލު އާ ޖީލަކަށް ހަވާލުކުރަންވީ ވަގުތު ކަމަށެވެ. އަދި މި ހިނގާ ނޮވެމްބަރު މަހުގެ ބައިނަލްއަގުވާމީ ބްރޭކަށްފަހު، އޭނާ ބޭނުންކުރި 7 ނަންބަރު ޖާރޒީ ރަސްމީކޮށް ގައުމީ ޓީމާ ހަވާލުކުރާނެ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މި ނިންމުން އައީ މި ސީޒަނުގެ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުގެ ތެރޭގައި ޕޯޗުގަލްގެ ހެޑް ކޯޗު ޖޯޖް ޖީސަސް އާއި ރޮނާލްޑޯއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދި، ގައުމީ ޓީމުގެ ތެރޭގައި މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅައަށް އަލްވަދާޢު ކިޔާފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ރެކޯޑުތަކެއް މުގުރާލުމަށްފަހު، ފިރިހެން ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 234 މެޗު ކުޅެދީ، 146 ލަނޑު ޖަހައިދީފައެވެ. މިއީ ދުނިޔޭގެ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ރެކޯޑެވެ.

މީގެ އިތުރުން އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ ޔޫރޯ 2016 އަދި 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު ކްލަބާއެކު ރޮނާލްޑޯގެ ކްލަބް ކެރިއަރު ކުރިއަށްދާނެއެވެ.

comment ކޮމެންޓް