އެ ބިރުވެރި އުދުވާން: މިއަދަށް އިބުރަތަކީ ކޮބާ؟

ނޮވެމްބަރު ތިނެއްގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ގައުމަށް ޓަކައި ޝަހީދުވެވަޑައިގެންނެވި ބަތަލު، ކޯޕްރަލް ހުސައިން އާދަމް --

ތިނެއްް ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާއަށް މިއަދު 38 އަހަރު ފުރުނުއިރު، އުމުރުން ގާތްގަނޑަކަށް 35 އަހަރުން ދަށުގެ އެއްވެސް ދިވެހި ޒުވާނަކަށް އެ ބިރުވެރި ދުވަސް އަމިއްލަ ލޮލުން ދެކެ، ތަޖުރިބާކުރެވިފައެއް ނުވާނެއެވެ. އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅަށް މި ފުރެނީ 33 އަހަރެވެ. އޭނާއާއި އޭނާގެ ހަގަށް ތިބި އެއްވެސް ކުއްޖަކީ އެ ނުރައްކާތެރި ފަތިހުގެ ބަޑީގެ އަޑު އިވި، އެ ނާމާންކަން ތަހައްމަލުކުރި ކުދީންނެއް ނޫނެވެ. އެހެންކަމުން، އެ ދުވަސް ގާތުން ތަޖުރިބާކުރި އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަށް އެ ހާދިސާއިން ކޮށްފައިވާ ފުން އަސަރާއި، އެ ތަޖުރިބާ ނުކުރާ ދަރީންނަށް އެ ވާހަކަތައް އިވުމުން ކުރާ އިހުސާސްތަކުގައި ބޮޑު ތަފާތެއް ހުންނާނެއެވެ.

މި ތަފާތު އެންމެ ބޮޑަށް ފާހަގަވީ ގޭގެ ކާމޭޒުދޮށުގައި އާއިލާ އެކުގައި ތިބެ ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. ތިނެއް ނޮވެމްބަރު 1988ގެ ފަތިހު މާލެއަށް ކުރިމަތިވި ކުއްލި ސިހުމާއި، ގައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އަޅުގަނޑުމެން ދެމަފިރިން ކިޔައިދިންއިރު، ދަރީން ތިބީ ކަނުލައި އަޑުއަހާށެވެ. އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއިން އެ ދުވަހުގެ ތާރީހީ ފިލާވަޅުތަކުން މިއަދުވެސް އިބުރަތް ހާސިލުކުރެއެވެ. އެ ހާދިސާގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތުގައި އަދިވެސް ތާޒާކަންމަތީ ހުރިއިރު، ދަރީންގެ މޫނުމަތިން ފެނުނީ އެ ވާހަކަތަކުން އެ ކުދީންނަށް ކޮށްފައިވާ ފުން އަސަރެވެ.

ސިފައިންގެ މައި މަރުކަޒުގެ މައި ގޭޓަށް ލިބިފައިހުރި ގެއްލުންތަކާއި އަރައިފައިހުރި ވަޒަންތައް ---

އެ ކާމޭޒުދޮށުގައި ދެކެވުނު ވާހަކަތަކުން އެއް ކަމެއް ވަރަށް ބޮޑަށް ސާފުވިއެވެ. އެއީ އެ ހާދިސާ ހިނގިއިރު ދުނިޔެއަށް އުފަންވެފައި ނެތް ނަމަވެސް، ގައުމަށް ކުރިމަތިވި އެ ނުރައްކާތެރި ވަގުތުގެ ވާހަކަތައް އަޑުއިވުމުން އެ ކުދީންގެ ހިތްތަކުގައި ގައުމީ ލޯބި އުތުރިއަރައިގެން ދިޔަ މިންވަރެވެ. އަދި އެފަދަ އުދުވާނީ ހާދިސާއެއް މި ފަސްގަނޑުގައި ދެން ދުވަހަކުވެސް ތަކުރާރުވިޔަ ނުދިނުމަށް އެ ޒުވާން ހިތްތަކުގައި އޮތް ވަރުގަދަ އަޒުމެވެ. އެހެންނަމަވެސް، އާއިލީ އެއްވުންތަކުން ބޭރަށް ނަޒަރު ހިންގައިލާއިރު، މުޅި މުޖުތަމައުގެ ތެރޭގައި މި ވާހަކަތައް ދެކެވެނީ ކިހާ މިންވަރަކަށްތޯ މިއީ ކޮށްލަންޖެހޭ މުހިންމު ސުވާލެކެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިންވަނަ ދުވަހު ރަސްމީ ފެންވަރުގައި ނަސްރުގެ ދުވަސް ފާހަގަކުރެއެވެ. ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ދުވަހު، މީގެ އަށްތިރީސް އަހަރު ކުރިން ކުލީ ސިފައިން ބޭނުންކޮށްގެން ސަރުކާރު ވައްޓައިލަން ކުރި މަސައްކަތުގެ މައްޗަށް ދިވެހި ދައުލަތުން ހޯދި ކާމިޔާބީ ފާހަގަކުރެއެވެ. ނަމަވެސް، އެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާއި، ޓީވީއާއި ރޭޑިއޯއިން ފޮނުވާ ހާއްސަ ޕްރޮގްރާމްތައް ފިޔަވައި، މުޅި އަހަރުގެ އެހެން ދުވަސްތަކުގައި މި ތާރީހީ ހާދިސާގެ ވާހަކަތައް ހަނދާނަށް ގެނެވެނީ މަދު ހާލަތެއްގައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް، ގައުމީ ދިފާއީ ބާރުން ކޮންމެ އަހަރަކު ރަސްމީ ހަރަކާތްތައް ބޭއްވި ނަމަވެސް، ހަމައެކަނި އެއް ދުވަހެއްގެ ރަސްމިއްޔާތުތަކަކުން މި އާ ޖީލަށް މި ތާރީހުގެ ފުރިހަމަ ބުރަދަނެއް ނުވިސްނޭނެއެވެ. އަހަރުގެ ބާކީ އޮންނަ ދުވަސްތަކުގައި މި ހާދިސާގެ ފިލާވަޅުތަކާ މެދު ވާހަކަ ނުދެކެވޭނަމަ، ތާރީހީ ހަނދާންތައް މަޑުމަޑުން ފަނޑުވަމުން ފޮހެވެމުން ހިނގައިދާނެއެވެ. 35 އަހަރުން ދަށުގެ ޒުވާނުންނަށް މި ދުވަހުގެ ހަގީގީ މެސެޖު ފޯރުކޮށްދިނުމަށް ޓަކައި، އެ ދުވަހު ހިނގައިދިޔަ ކަންކަމުގެ ތަފްސީލުތައް އޭގެ އަސްލު ގޮތުގައި ކިޔައިދޭންޖެހެއެވެ. ދާއިމަށް ފެންނަން ހުންނަންޖެހެއެވެ. ތަކުރާރުކޮށް އިވެންޖެހެއެވެ.

ތިނެއް ނޮވެމްބަރު 1988 ވީ ބުރާސްފަތި ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4:00 ހާއިރު، މާލޭގެ ރައްޔިތުން ނިދިން ހޭލައްވާލީ އާދަޔާ ހިލާފު ބަޑީގެ އަޑުފަށްގަނޑަކަށެވެ. އެއީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓައިލުމަށްޓަކައި، ދިވެހި ބަޔަކު އިސްވެ ތިބެ ބޭރުގެ ކުލީ ސިފައިން ގެނެސްގެން ދިން ކުއްލި އުދުވާނީ ހަމަލާއެކެވެ. މި ނުބައި ރޭވުމުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިބީ ދެ ދިވެހީންނެވެ.

މި މީހުންގެ އެހީތެރިކަމާއެކު މި ހަމަލާ ދިނީ ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓް ގެ ހަތިޔާރު އެޅި ކުލީ ސިފައިން ގެނެސްގެންނެވެ. ހަތިޔާރު އެޅި އަށްޑިހައެއްހާ ކުލީ ސިފައިން މާލެ އަރައި، ދައުލަތުގެ މުހިންމު ތަންތަނަށް ވަންނަން އަމާޒު ހިފިއެވެ. އެ މީހުންގެ އެންމެ ބޮޑު އަމާޒަކަށްވީ އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަކޮށި ހިފައި، ދިވެހި ސަރުކާރު ވައްޓައިލުމެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނުރައްކަލުގެ ތެރެއަށް ވައްޓައިލި މި ޓެރަރިސްޓް ހަމަލާ ނާކާމިޔާބުކޮށްލީ ދިވެހި ސަލާމަތީ ބާރުތަކުން ދެއްކި ހިތްވަރާއި، “އޮޕަރޭޝަން ކެކްޓަސް” ގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އަވަސް އެހީތެރިކަމާއެކު، ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހުއެވެ. މި އުދުވާނާ ގުޅިގެން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ޖުމްލަ 75 މީހެއްގެ މައްޗަށް ޝަރީއަތް ހިންގިއިރު، އޭގެ ތެރޭގައި މި ރޭވުމުގައި ބައިވެރިވި ހަތް ދިވެހިންނާއި އަތުލައިގަނެވުނު ކުލީ ސިފައިން ހިމެނެއެވެ.

ކުލީ ސިފައިން ބަންޑާރަކޮށި ހިފުމަށް ޓަކައި ފަތިހުގެ ވަގުތުގައި ދިން ކުއްލި ހަމަލާއާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ، މައި ގޭޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭރުގައި ހުރި ދެ ޕޯސްޓުންކުރެ އެއް ޕޯސްޓުގައި ޑިއުޓީއަށް ހުރި ޝަހީދު ކޯޕަރަލް ހުސައިން އާދަމަށެވެ. ހދ. ކުޅުދުއްފުއްޓަށް އުފަން އެ ޒުވާން ފަހުލަވާނު، ދުޝްމަނުން ސިފައިންގެ މައި މަރުކަޒަށް ވަންނަން އައުމާއެކު ފަސްޖެހުމެއްނެތި ވަގުތުން ރައްދު ހަމަލާ ދޭން ފެއްޓިއެވެ. އޭރު އޭނާގެ އުމުރުން ވިހި އަހަރު ނުފުރެއެވެ.

ޝަހީދު ކޯޕަރަލް ހުސައިން އާދަމްގެ ހަޔާތުގައި ތިންވަނަ ފަހަރަށް ބަޑިއެއް ޖެހީ އެ ދުވަހު ދުޝްމަނުންގެ ހަމަލާތަކުން ގައުމު ދިފާއުކުރުމަށެވެ. އޭނާ ދިން ރައްދު ހަމަލާތަކުގައި ދުޝްމަނުންގެ ތެރެއިން ބަޔަކު ހުއްޓުވިއެވެ. އަތުގައި ހުރި ވަޒަން ހުސްވަންދެން މައި ގޭޓު ދިފާއުކޮށް، ޓެރަރިސްޓުން ބަންޑާރަކޮށި ތެރެއަށް ވަނަނުދީ ހިފެހެއްޓެވުމުގެ ނަތީޖާއަކަށްވީ، އެތެރޭގައި ތިބި އެހެން ސިފައިންނަށް ހަމަލާއަށް ތައްޔާރުވުމަށް އަގުހުރި ވަގުތުކޮޅެއް ލިބި، ސިފައިންގެ ބަޑިގުދަން ދުޝްމަނުންގެ އަތްދަށަށް ނުގޮސް ސަލާމަތްވުމެވެ.

މި އުދުވާނުގައި ޝަހީދު ކޯޕަރަލް ހުސައިން އާދަމް ހިމެނޭގޮތަށް، ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. އެއީ ގައުމުގެ ދިފާއުގައި ހަނގުރާމަކުރި ސިފައިންގެ އަށް ބޭކަލުންނާއި، އާންމު ރައްޔިތުންގެ 11 މީހުންނެވެ. މިއަދުގެ ޒުވާނުންނަށް މި ހާދިސާއިން ދޭ އެންމެ ބޮޑު މެސެޖަކީ، އުމުރުން އެންމެ ވިހި އަހަރުވެސް ނުފުރޭ ޒުވާނަކު ގައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ފުރާނައިން ވި މަތިވެރި ގުރުބާނީއެވެ. ޙުސައިން އާދަމް ޝަހީދުވިއިރު، ބޭނުންކުރި ރައިފަލް ރަމްޒުކޮށްދޭ ބިނާއެއް އޭނާގެ އުފަން ރަށް ކުޅުދުއްފުށީގައި މިދިޔަ އަހަރު ގާއިމުކުރެވުނެވެ. މިއީ އެ ރަށުގެ ފަހުރުވެރި ދަރިއެއްގެ ހިތްވަރުގަދަ ގުރުބާނީގެ ހަނދާން އާކޮށްދޭ ބިނާއެކެވެ. މި ހަނދާންތައް އަދިވެސް އާކުރަންޖެހޭ ސަބަބަކީ، މިނިވަންކަމަކީ އެއްވެސް ގުރުބާނީއަކާ ނުލައި އޮންނަ އެއްޗެއް ނޫންކަން އަންނާން އޮތް ޖީލުތަކަށް ވިސްނައިދިނުމެވެ.

ގައުމު އިސްކުރުމާއި، ގައުމުގެ ދިފާއުގައި ތެދުވަން އަބަދުވެސް ތައްޔާރަށް ތިބެންޖެހެނީ، ގައުމެއްގެ މިނިވަންކަމަށް ކޮންމެ ވަގުތެއްގައިވެސް ނުރައްކާ ކުރިމަތިވެދާނެތީއެވެ. ގައުމުގެ ސިޔާދަތު ކަށަވަރުކުރުމަށާއި ދިފާއީ ގާބިލުކަން ވަރުގަދަކުރުމަށްޓަކައި ގައުމީ ފަހުރުވެރިކަމާއި، އަސްކަރީ ތައްޔާރީއާއި، ވަތަނީ ލޯބީގެ މުހިންމުކަން ގައުމުގެ ވެރީން އަބަދުވެސް ފާހަގަކުރައްވައި ހަނދާންކޮށްދެއްވައެވެ. ހަމައެއާއެކު، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތާރީހުން އިބުރަތް ހާސިލުކޮށް، ހިތްވަރު ލިބިގަތުމުގެ މުހިންމުކަން ބަޔާންކުރައްވައެވެ.

ވަތަނީ ގައުމީ ލޭ ހިނގާ ދިވެހިންނަށް ވާންޖެހޭ ސަބަބު ދައުލަތުގެ އިސްވެރިންގެ ވާހަކަފުޅުތަކުން ސާފުވެއެވެ. އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖެ މިނިވަން އަދި ތަހުޒީބީ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިންމު ކަމަކީ ވަތަނީ ލޯބި ދެމެހެއްޓުމާއި ދިވެހި ގައުމިއްޔަތާ މެދު ފަހުރުވެރިކަން އަށަގެންނެވުމެވެ. މި ރޫހު ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި، މިހާރު ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމެވެ. ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނުގެ އަސާސްތަކާއި ގައުމީ ލޯބި އަށަގެންނެވުމަށާއި، ރަނގަޅު އަހުލާގެއްގެ މަތީގައި އެ ކުދިން ތަރުބިއްޔަތުކުރުމުގެ މަގުސަދުގައި ކިރިއަށް ގެންދާ މި ޕްރޮގްރާމަކީ މިއަދުގެ ޒުވާނުންނަށް ވަރަށް މުހިއްމު ޕްރޮގްރާމެކެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް އިއުލާންކުރެވުނީވެސް ނަސްރުގެ ދުވަހުގެ މުނާސަބަތުގައެވެ. ޑިފެންސް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، އިސްލާމްދީނަށް ފަރުވާތެރި، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަހުލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ. ޅ. މާފިލާފުށީގައި ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ތެރެއިން ޒުވާނުންނަށް އަސްކަރީ އަދި ފަންނީ ތަމްރީނު ދީ، ގައުމީ ދިފާއީ ބާރާއި ފުލުހުންގެ ހިދުމަތާ ގުޅުމުގެ ފުރުސަތު ފަހިކޮށްދެއެވެ. މި ޕްރޮގްރާމަކީ ގައުމަށް އިހުލާސްތެރި ޖީލެއް ބިނާކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އިތުރަށް ވަރުގަދަކޮށްދޭނެ މުހިންމު ސިޔާސަތެކެވެ. ނަސްރުގެ ދުވަހުން ދަސްކޮށްދޭ އެންމެ ބޮޑު ފިލާވަޅަކީ ޝަހީދު ކޯޕަރަލް ހުސައިން އާދަމް ފަދަ ޒުވާނުން ގައުމުގެ ދިފާއުގައި ދެއްކެވި ސާބިތުކަން ކަމަށްވާއިރު، ދިވެހި ވަތަނީ ހިދުމަތުގެ ހަގީގީ ބޭނުމަކީވެސް ކާރިސާތަކާއި ގައުމަށް ދިމާވާ ނުރައްކާތެރި ވަގުތުތަކުގައި ގައުމު އިސްކޮށް، ދިފާއުގައި ތެދުވާނެ ގާބިލު ޒުވާނުންތަކެއް ތައްޔާރުކުރުމެވެ.

މީގެ އިތުރުން، ތާރީހީ ހާދިސާތައް ފަންނީ ވަސީލަތްތައް މެދުވެރިކޮށް ޒުވާނުންނަށް ފޯރުކޮށްދިނުމަކީވެސް މުހިންމު ކަމެކެވެ. ދިފާއީ ބާރުތަކުން އަދާކުރާ ވާޖިބުތައް ޒުވާނުންނަށް އޮޅުންފިލުވައިދީ، އެ ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކުރުމުގެ އުންމީދުގައި ޑްރާމާ އާއި ފިލްމު ވެސް އުފައްދައެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގައި ދެމިތިބޭ އެންމެންގެ އަގު ވަޒަންކޮށް އިހުތިރާމާއި ލޯބި ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް އަދިވެސް ކުރަން ޖެހެއެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނުގެ މައި ދިވެހި މޭސްތިރިޔާ އަބްދުﷲ ލުތުފީ --

ތިނެއް ނޮވެމްބަރު 1988ގެ ހާދިސާއިން ލިބޭ އެންމެ ބޮޑު އަނެއް ފިލާވަޅަކީ، ބޭރުގެ ކުލީ ސިފައިންނަށް މި ގައުމަށް ހަމަލާދިނުމުގެ ފުރުސަތު ފަހިވީ އަމިއްލަ ގައުމަށް ހިޔާނާތްތެރިވި ދިވެހިންތަކެއްގެ ސަބަބުން ކަމެވެ. ޝަރީއަތް ހިންގުނު 75 މީހުންގެ ތެރޭގައި ހިމެނުނު ހަތް ދިވެހިންގެ އަމަލުން ދައްކައިދެނީ، އަމިއްލަ މަސްލަހަތާއި ވެރިކަމުގެ ދަހިވެތިކަން ގައުމަށްވުރެ އިސްކުރުމުގެ ނުރައްކާތެރިކަމެވެ. އެހެންކަމުން، މިފަދަ އުދުވާނެއް ތަކުރާރުވެދާނެ ހުރިހާ ސިފައެއް ގައުމުން ނައްތައިލުމަށްޓަކައި، ގައުމަށް ހިޔާނާތްތެރިވުމުގެ ވިސްނުމާއި، ބޭރުގެ ނުރައްކާތެރި ބާރުތަކަށް ޖާގަދޭ ފަދަ ކޮންމެ އަމަލަކާ ދެކޮޅަށް މުޅި މުޖުތަމައު ހޭލާ ތިބެންޖެހެއެވެ.

ގައުމުގެ ދިފާއަކީ ހަމައެކަނި ޔުނީފޯމުގައި ތިބޭ ސިފައިންގެ އެކަނި ޒިންމާއެއް ނޫނެވެ. އަސްކަރީ ތައްޔާރީއާއެކު، ކޮންމެ ރައްޔިތެއްގެ ހިތުގައި އޮންނަ އިސްލާމީ އަގީދާއާއި ވަތަނީ ރޫހަކީ ގައުމުގެ އެންމެ ވަރުގަދަ އައްޑަނައެވެ. ތާރީހުގެ މިފަދަ އިބުރަތްތެރި ފިލާވަޅުތައް ހަނދާނުން ފުހެވިގެން ދިޔަނުދީ ހިފެހެއްޓޭނީ، ގައުމީ ސިޔާދަތަށް އުނިކަން އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ، އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކުރާނެ ޖީލެއް ބިނާކޮށްގެންނެވެ.

އަޅުގަނޑުމެންގެ ގޭގެ ކާމޭޒުދޮށުން ފެށުނު ވާހަކަ ނިމިގެންދިޔައީ އުންމީދީ އިހުސާސްތަކަކާއެކުގައެވެ. އުމުރުން 33 އަހަރު ފުރޭ އަޅުގަނޑުގެ ދޮށީ ދަރިފުޅަށާއި ހަގަށް ތިބި ކުދީންނަށް ތިނެއް ނޮވެމްބަރު 1988ގެ ބިރުވެރިކަން ލޮލުން ފެނިފައި ނެތަސް، އެ ދުވަހުގެ ހަގީގަތްތައް އަޑުއަހައިފިއެވެ. އެ ކުދިންގެ ވާހަކަތަކުން އެނގުނީ، އެ ދުވަހުގެ ހަނދާންތަކަކީ ހަމައެކަނި ތާރީހު ފޮތްތަކުގައި ލިޔެވިފައިވާ މާޒީއެއް ނޫން ކަމާއި، އެއީ މިއަދުގެ ޒުވާނުންގެ ހިތްތަކުގައިވެސް ދިރިދެމިއޮތް ވަރުގަދަ ފިލާވަޅެއް ކަމެވެ.

ޝަހީދު ކޯޕަރަލް ހުސައިން އާދަމާއި، އެ ދުވަހު ގައުމަށްޓަކައި ފުރާނަ ދޫކުރި ސިފައިންގެ އަށް ބޭކަލުންނާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ޝަހީދުންގެ ޒިކުރާ އަޅުގަނޑުމެން އާކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ޒިކުރާ އާކުރަނީ އެ ޝަހީދުންގެ ލެއިން ދިފާއުކޮށްދިން މިނިވަންކަމުގެ އަގު ވަޒަންކޮށް، މި ފަސްގަނޑަށް ދެން ދުވަހަކުވެސް އެފަދަ އުދުވާނީ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމުގެ އަޒުމު ކޮންމެ ދިވެހި އާއިލާއެއްގެ ތެރޭގައި އާލާކުރުމަށެވެ. ފޮހެވިގެން ދިޔަނުދީ ހިފެހެއްޓޭނީ، ގައުމީ ސިޔާދަތަށް އުނިކަން އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ، އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކުރާނެ ޖީލެއް ބިނާކޮށްގެންނެވެ.

އަޅުގަނޑުމެންގެ ގޭގެ ކާމޭޒުދޮށުން ފެށުނު ވާހަކަ ނިމިގެންދިޔައީ އުންމީދީ އިހުސާސްތަކަކާއެކުގައެވެ. އުމުރުން 33 އަހަރު ފުރޭ އަޅުގަނޑުގެ ދޮށީ ދަރިފުޅަށާއި ހަގަށް ތިބި ކުދީންނަށް ތިނެއް ނޮވެމްބަރު 1988ގެ ބިރުވެރިކަން ލޮލުން ފެނިފައި ނެތަސް، އެ ދުވަހުގެ ހަގީގަތްތައް އަޑުއަހައިފިއެވެ. އެ ކުދިންގެ ވާހަކަތަކުން އެނގުނީ، އެ ދުވަހުގެ ހަނދާންތަކަކީ ހަމައެކަނި ތާރީހު ފޮތްތަކުގައި ލިޔެވިފައިވާ މާޒީއެއް ނޫން ކަމާއި، އެއީ މިއަދުގެ ޒުވާނުންގެ ހިތްތަކުގައިވެސް ދިރިދެމިއޮތް ވަރުގަދަ ފިލާވަޅެއް ކަމެވެ.

ޝަހީދު ކޯޕަރަލް ހުސައިން އާދަމާއި، އެ ދުވަހު ގައުމަށްޓަކައި ފުރާނަ ދޫކުރި ސިފައިންގެ އަށް ބޭކަލުންނާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ޝަހީދުންގެ ޒިކުރާ އަޅުގަނޑުމެން އާކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ޒިކުރާ އާކުރަނީ އެ ޝަހީދުންގެ ލެއިން ދިފާއުކޮށްދިން މިނިވަންކަމުގެ އަގު ވަޒަންކޮށް، މި ފަސްގަނޑަށް ދެން ދުވަހަކު ވެސް އެފަދަ އުދުވާނީ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމުގެ އަޒުމު ކޮންމެ ދިވެހި އާއިލާއެއްގެ ތެރޭގައި އާލާކުރުމަށެވެ.

comment ކޮމެންޓް