ޓްރިވެންޑްރަމުން ގެއްލުނު ދިވެހި މީހާ 24 ގަޑިއިރަށް ވުރެ ގިނައިރު ފަހުން ފެނިއްޖެކަމަށް އާއިލާއިން ބުނެފި

ގެއްލިގެން ހޯދަނިކޮށް ފެނުނު އަލީ: އޭނާ ފެނުނީ ހޯދާތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފަހުން

ބޭސް ފަރުވާއަށް ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލުނު، އަލީ އިބްރާހިމް (އައްޔަބެ) މިއަދު ފެނިއްޖެއެވެ.

އޭނާ ގެއްލުނީ، އިއްޔެ ހެނދުނު 05:30ގައެވެ.

އޭގެފަހުން މިއަދު ހެނދުނު އޭނާގެ ދަރިއަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މީހާ ހެޔޮ ހާލުގައި ފެނިފައިވާ ކަމަށް ބުނެފައެވެ.

އޭނާ ފެނުނީ މިއަދު 07:00ހާއިރު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ. އެއީ، ގެއްލިގެން ހޯދާތާ 24 ގަޑިއިރަށް ވުރެ ގިނަ ފަހުންނެވެ.

ރ. މީދުއަށް ނިސްބަތްވާ އަލީ އިބްރާހިމް ފެނުނުއިރު، ހާލު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

އާއިލާއިން ވަނީ، އެ މީހާ ހޯދުމަށް އެކި ގޮތްގޮތުން އެހީވި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް