59.7 ބިލިއަންގެ ބަޖެޓް: 10 ބިލިއަނާއެކު އެންމެ ބޮޑު ޚަރަދެއް ސިއްހީ ދާއިރާއަށް

ހެލްތު މިނިސްޓަރު ގީލާ: 59.7 ބިލިއަންގެ ބަޖެޓުން، 10 ބިލިއަނާއެކު އެންމެ ބޮޑު ޚަރަދެއް ސިއްހީ ދާއިރާއަށް -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުން އަންނަ އަހަރަށް ކަނޑައަަޅަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، 10 ބިލިއަނާއެކު އެންމެ ބޮޑު ޚަރަދެއް ސިއްހީ ދާއިރާއަށް ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވަނީ، އަންނަ އަހަރަށް ލަފާ ކުރައްވާ ބަޖެޓުގެ ތަފްސީލުތައް އިއުލާންކުރައްވައިފައެވެ.

ބަޖެޓު އިއުލާންކުރައްވަމުން ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަޤުބަލަށްޓަކައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަަށެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް އަންނަ އަހަރުގައި ބޮޑު އިސްކަމެއް ދިފާއިވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މި އަހަރަށް ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަން ދީފައި އޮންނާނެ ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓު ޚާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމަށެވެ. ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި، ރައީސްގެ އެންމެ ބޮޑު އެއް ވައުދަކީ 18 އަހަރުން މަތީގެ އެންމެންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.

https://sun.mv/213212

އެހެންވެ، ބޯހިޔާވަހިކަމަށް މިދިޔަ އަހަރުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ ކަމަށް އިއުލާނުކުރިއެވެ.

އެހެންނަމަވެސް، ދައުލަތުން މިދިޔަ އަހަރުގެ ޚަރަދުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ޕީއެސްއައިޕީ މަޝްރޫއުތަކުން ބޯހިޔާވަހިކަމަށް ޚާއްސަކޮށްފައިވާ 1.8 ބިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ.

comment ކޮމެންޓް