މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް..

މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ ދުވަހުގެ މުނާސަބަތާ ގުޅުވައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން މަސްވަރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިޢާރުގެ ދަށުން ބާއްވާ ބަހުސް މުބާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ތަންތަނާއި، އެކެޑެމީތަކާއި، ކުލަބު ޖަމިއްޔާތަކުގެ އިތުރުން އޮފީސްތަކާއި ކުންފުނިތަކުން ޓީމުތައް ބައިވެރިކުރެވޭނެކަމަށެވެ.

މި ބަހުސް މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުން ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވުޒާރާގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ޓީމުތައް ބައިވެރިކުރުމުކުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ތިން ބައިވެރިން ތިބެންޖެހޭއިރު ބަދަލުގައި އަރާނެ އިތުރު ދެ ބައިވެރިން ހިމެނިދާނެ ކަމަށް މުބާރާތުގެ ގަވާއިދުގައި ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވޭނީ މިއަހަރު ޖަނަވަރީ މަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ އިއުލާނުގައި ބުނެފައިވެއެވެ. މި މުބާރާތުގެ ގަދަ ތިން ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު ގަދަ ތިން ޓީމު ވެސް ހޮވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރާ ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އެދިފައިވެއެވެ.

comment ކޮމެންޓް