ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން 8 އިންޗިއަށް ފެން އަރާތީ، ވަޅުލުން މާލޭ ސަހަރާއަށް ބަދަލުކޮށްފި

މީހުން ވަޅުލުން ވަގުތީގޮތުން މާލޭ ސަހަރާއަށް ބަދަލުކޮށްފި --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމަށް ވަޅު ކޮންނުމުން ފެން އަރާތީ އެ ސަހަަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފިއެވެ.

މާލެ ސަރަހައްދުގައި މީހުން ވަޅުލައި އުޅެނީ މާލޭ އާސަހަރާގެ އިތުރުން ހުޅުމާލޭގެ ސަހަރާގައެވެ.

މާލޭ އާސަހަރާގެ ކަންކަން ބަލަހައްޓަމުން އަންނަ މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެހެންކަމުން މައްޔިތުން ވަޅުލުން މާލޭ ސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ ކުރިން މާލޭގެ އާސަހަރާ މިސްކިތް ތަރައްގީކުރުމަށް އެ ތަން ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލެ އާސަހަރާގައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ދުވަސްވަރެއް ކަމަށްވާއިރު، ބޯކޮށް ވާރޭވެހުމާ ގުޅިގެން މީގެ ކުރިން ވެސް މިފަދަ ބައްދަލުތައް ގެނެސްްފައިވެއެވެ.

comment ކޮމެންޓް