ފެންބޮޑުވުމުން މާލޭގެ ފަސް ސަރަހައްދެއްގައި އެމްއެންޑިއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ފެންބޮޑުވުމުން މާލޭގެ ފަސް ސަރަހައްދެއްގައި އެމްއެންޑިއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި --- ފޮޓޯ: އެމްއެންޑީއެފް

މިރޭވެސް ވާރޭވެހި މާލެ ސަރަހައްދުގައި ފެންބޮޑުވުމުން އެމްއެންޑީއެފްއިން މާލޭގެ ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން، މ. އަތޮޅަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

އެމްއެންޑީއެފްއިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް އެ ޚިދުމަތުން ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ ފަސް ސަރަހައްދެއްގައި ފެން ހިންދުމަށް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:

  • ވެސްޓް ޕާކް
  • އައިޖީއެމްއެޗް
  • މާފަންނު ފެރީ ޓާމިނަލް
  • ސްކޭޓް ޕާކް
  • ސަލްމާން މިސްކިތް

މެޓް އޮފީހުން މާދަމާގެ ފަތިހު 6:00 އަށް މޫސުން ލަފާކޮށް ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
https://sun.mv/229483

ވައިޖެހޭ ބާރުމިނަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކުގައ ގަޑިއަކު އަށް މޭލާއި 18 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެެވެ.

މީގެ އިތުރުން ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް