އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމެއްގެ ތެރެއިން: އެލްޖީއޭގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި -- ފޮޓޯ/ އެލްޖީއޭ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ފުރުޞަތު ހުޅުވާލާފައިވަނީ އެލްޖީއޭގެ ބޯޑުގެ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީއެވެ.

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން، އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ބުންޏެވެ.

ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރުކުރުވުމުގެ ޒިންމާ އޮންނަ އެލްޖީއޭގެ ބޯޑު ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އެ އޮތޯރިޓީގެ ސީއީއޯއަކީ މުހައްމަދު ނިމާލެވެ.

comment ކޮމެންޓް