ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރި ކުންފުންޏެއް ފަސް ލައްކައިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރި ކުންފުންޏެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިއެވެ.

މަރުކަޒީ ބެންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ފިޔަވަޅު އެޅީ އެމްއެސް ފައިނޭންސް އެކްސްޗޭންޖު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

އެ ކުންފުނި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ޑޮލަރު މާރުކުރުމުގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. އެއީ، މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ޚިލާފުވުމުން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެ ބެންކުން ވަނީ، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަން ހަނދާންކޮށްދީ، ގަވައިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހުގެ ކުރީކޮޅު ވެސް ބޭރު ފައިސާއާ ބެހޭ ގަވައިދާ ޚިލާފުވި ވިޔަފާރިއެއް ޖޫރިމަނާކުރިއެވެ.

https://sun.mv/227192

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް