ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް: މީދޫގައި ކާބޯތަކެތީގެ މައުރަޒެއް

މީދޫގައި ބޭއްވި ކާބޯތަކެތީގެ މައުރަޒުގެ ތެރެއިން -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

އައްޑޫ ބިއުރޯއިން ޝާޒްލީން

އައްޑޫ މީދޫގައި ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ކާބޯތަކެތީގެ މަައުރަޒެއް ބާއްވައިފިއެވެ.

އެ މައުރަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙުމަދު ޝިޔާމެވެ.

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުދުއާއި މީދޫގެ ޑަބްލިޔޫޑީސީއަށް ހުޅުވާލައިގެން ބޭއްވި އެ މައުރަޒުގައި، ހުޅުދުއާއި މީދޫގެ ޑަބްލިޔުޑީސީން ވަނީ ކާބޯތަކެތީގެ އުފެއްދުންތައް އުފެއްދުމުގައި ރަށުގެ ރައްޔިތުންގެ ހުރި ހުނަރުވެރިކަމާއި ބަދަހިކަން ދައްކުވައިދޭ ހުށަހެޅުންތަކެއް ދައްކާލައިފައެވެ.

މީދޫގައި ބޭއްވި ކާބޯތަކެތީގެ މައުރަޒުގެ ތެރެއިން --

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހާ ގުޅިގެން އައްޑޫގެ މީދޫގައި އިއްޔެ ހަރަކާތްތަކެއް ފަށައިފައިވާއިރު، މާދަމާގެ ނިޔަލަށް ހަރަކާތްތައް ބާއްވަން ވަނީ ރާވައިފައެވެ. އެ ހަރަކާތްތަކުގައި ވަޒީރު ޝިޔާމުގެ އިތުރުން މިނިސްޓަރީގެ އިތުރު ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވަޒީރު އައްޑުއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ، މީދޫގައި ގާއިމުކޮށްފައިވާ އެގްރިކަލްޗާ ނާސަރީ ހުޅުއްވައިދެއްވައިފައެވެ.

https://sun.mv/229147

އެ ނާސަރީއަކީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

comment ކޮމެންޓް