ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެމީހަކަށް އަދިވެސް ވެންޓިލޭޓަރުގައި ފަރުވާދޭއިރު، ތިން މީހަކު ވޯޑުގައި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންތަކެއް: އޭގެތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު، ތިން މީހުންނަށް ފަރުވާ ދެނީ ވޯޑުގައި --- ފޮޓޯ/ ޖީލު އޮންލައިން

މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށާއި ތިން މީހަކަށް ފަރުވާ ދެނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހުގެ މެންދަމު 02:55 އެހައިކަންހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެ މީހުންނަށް ފުރަތަމަ ފަރުވާ ދިނީ، ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އިތުރު ފަރުވާއަށް ވަނީ، އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

https://sun.mv/228695

'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނީ، އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށާއި ބާކީ ތިން މީހުން ތިބީ ވޯޑުގައި ކަމަށެވެ. އެކަމަކު، އިތުރު ތަފުސީލެއް ނުދެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެކްސިޑެންޓުވި އެއް ސައިކަލު ތިން މީހުން އަރުވައިގެން ދުއްވާފައިވަނީ ވަން ވޭ އާ އިދިކޮޅަށް ކަމަށްވާއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް