އައްޑުއާ 833 ކިލޯމީޓަރު ދުރުގައި އޮތް ޗާގޯސް އާކިޕެލަގޯއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނި ގޮތުގައި، މި ބިންހެލުން އައީ ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ. އެއީ، އައްޑޫ ސިޓީއާ 833 ކިލޯ މީޓަރު ދުރު ކަމަށްވާއިރު، 5.0 މެގްނިޓިއުޑުގެ ބާރުމިނުގައި މި ބިންހެލުން އައީ ހަވީރު 19:59ގައި ކަމަށް މެޓުން މައުލޫމާތުދެއެވެ.
އެކަމަކު، މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
https://x.com/MetMaldives/status/2107859972004708623
ފާހަގަކޮށްލެވޭ ގޮތުގައި ޖުލައި މަހުގެ އަށްވަނަ ދުވަހު ވެސް އައްޑޫ ސިޓީއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް އައެވެ. އެއީ ވެސް ޗާގޯސްގެ ރަށްތަކުގެ ސަރަހައްދަށެވެ.