ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ބުރުގައި އިޓަލީ ގައުމީ ޓީމުން ނެރުނު ނަތީޖާތަކާއެކު، ޖެހިޖެހިގެން ތިން ވޯލްޑްކަޕަށް ކޮލިފައި ނުވުމުން ހިތްހަމަނުޖެހިފައި ތިބި އެ ގައުމުގެ ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް ލުޔެއް ލިބިއްޖެއެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ ބުރުގައި އިޓަލީން ކުޅެން ހަމަޖެހިފައިވާ މެޗުތައް ރޭ ކުޅެ ނިމުނުއިރު، މި މުބާރާތުގައި އެ ގައުމުން ނެރެފައިވަނީ މިފަހުގެ ނަތީޖާތަކާ އަޅައިބަލާއިރު ރަނގަޅު ނަތީޖާތަކެކެވެ. މުބާރާތުގެ ފެށުން އެހާ ރަނގަޅު ނޫން ނަމަވެސް ކުރިއަށްދިޔަ ވަރަކަށް ކުޅުން ރަނގަޅުކޮށް، އެ ޓީމުން ވަނީ ސަޕޯޓަރުން އުފާވާނެފަދަ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.
އެގޮތުން ބަލާއިރު ނޭޝަންސް ލީގުގައި އިޓަލީ ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމްއާ ވާދަކޮށް ވަނީ 0-2ގެ ނަތީޖާއިން ބަލިވެފައެވެ. މިއާއެކު އަނެއްކާވެސް އިޓަލީ ސަޕޯޓަރުން މެދުގައި ޓީމާމެދު ކަންބޮޑުވުން އިތުރުވިއެވެ. އިޓަލީގައި ކުޅުނު މިމެޗަށް ލިބުނު ތަރުހީބު ވަރަށް ކުޑައެވެ. މީގެ އިތުރުން މެޗު ނިމުމުގެ ކުރިން ގިނަ ސަޕޯޓަރުންތަކެއް ދަނޑު ދޫކޮށް ގޮސްފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީއާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން--ނަމަވެސް ދެވަނަ މެޗުގައި ތުރުކީއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން، އިޓަލީ ސަޕޯޓަރުންގެ ހިތްތަކަށް އާރޯކަމެއް ގެނެސްދިނެވެ. ވާދަވެރި ކުޅުމެއް ފެންނާނެކަމަށް ގިނަ ބަޔަކު ލަފާކުރި މި މެޗު އިޓަލީން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު، 1-4 ގެ ނަތީޖާއިންނެވެ. މެޗުގައި އެޓީމުން ހިފަހައްޓާފައިވަނީ 47 ޕަސެންޓް ޕޮޒެޝަން ނަމަވެސް ޓީމު އަތުގައި ބޯޅަ އޮތް ވަގުތުތަކުގެ ބޭނުން ރަނގަޅަށް ހިފައި، ތުރުކީގެ ގޯލާ އަމާޒުކޮށް އަށް ޝޮޓު ފޮނުވާލިއެވެ. އަދި ގޯލާ އަމާޒުނުވެ ހަތަރު ޝޮޓެއް ދިޔައެވެ.
ތިންވަނަ މެޗުގައި ވަރުގަދަ ފްރާންސްއާ ވާދަކޮށް އިޓަލީން ވަނީ އެގައުމު މޮޅުވިޔަނުދީ 1-1 ގެ ނަތީޖާއިން ހިފަހައްޓާލާފައެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭއަށް ކުޅެވިފައެއް ނުވެއެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ ބުރުގައި އިޓަލީން ކުޅުނު ފަހު މެޗުގައި ރޭގައި ދެވަނަ ފަހަރަށް ތުރުކީއާ ބައްދަލުކޮށް، އެގައުމުގެ މައްޗަށް ދެވަނަ މޮޅު ހޯދިއެވެ. ރޭ ކުޅުނު މެޗުން އިޓަލީ މޮޅުވެފައިވަނީ 1-3 ގެ ނަތީޖާއިންނެވެ. މިމެޗުގައި އިޓަލީން ޖެހި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޖިއަންލޫކާ ސްކަމާޗާ، ރިކާޑޯ ކަލަފިއޯރީ އަދި ފްރާންޗެސްކޯ ޕިއޯ އެސްޕޮސީޓޯއެވެ. ތުރުކީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އޭރަލް ސިމްސީރެވެ.
މި ނަތީޖާތަކާއެކު، ހަތަރު ތައްޓާއެކު ވޯލްޑްކަޕުގައި އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ އިޓަލީން މި ފަހުން ނެރެމުން އައިސްފައިވާ ދަށް ނަތީޖާތަކުގެ ރަހަ މިހާރު ވާނީ ސަޕޯޓަރުންގެ އަރުތެރެއިން ކޮންމެވެސް މިންވަރަކަށް ފިލާފައެވެ.
2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު އިޓަލީ ޓީމު އުފާފާޅުކުރަނީއެ ގައުމުން އެންމެ ފަހުން ކާމިޔާބުކުރި މުބާރާތްކަމަށްވާ 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ކާމިޔާބީގެ މޭސްތިރި ކަމަށްވާ ރޮބާޓޯ މަންޗީނީއާއެކު ޓީމުން އަނެއްކާވެސް ހޯދަން ފަށާފައިމިވާ ރަނގަޅު ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި ޓީމާމެދު އޮންނަ އިތުބާރު އަލުން މިވަނީ ތާޒާވާން ފަށާފައެވެ.
ނަމަވެސް އިޓަލީއަށް ދެންވެސް ކުރިއަށް އޮތީ ވަރުގަދަ އިމްތިހާނެކެވެ. އަންނަ މަހުގެ 13 ވަނަ ދުވަހު އެ ގައުމުން އަނެއްކާވެސް ނުކުންނަން ޖެހޭނީ ޒަމާނުއްސުރެ ވެސް އެ ގައުމާ އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ ފްރާންސްއާ ދެކޮޅަށެވެ. މި ފަހަރު އިޓަލީ އަތުގައި ހޯމް އެޑްވާންޓޭޖް އޮންނާނެ ނަމަވެސް، ކިލިއަން އެމްބާޕޭއާ އެކު ފްރާންސް ޓީމު އިތުރަށް ވަރުގަދަވެ، ތަފާތުވާނެކަން ގައިމެވެ.