'ލަވް އެންޑް ވޯ'ގައި ވިކީ ކުޅޭ ކެރެކްޓާ ވެސް ދައްކާލައިފި

ފިލްމު 'ލަވް އެންޑް ވޯ'ގައި ވިކީ ފެންނާނު ގޮތުގެ ޕޯސްޓަރު--ފޮޓޯ/މިޑްޑޭ

އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ލަވް އެންޑް ވޯ'އިން އެކްޓަރު ވިކީ ކޯޝަލް ފެންނާނެ ގޮތް ދައްކުވައިދޭ ފަސްޓްލުކް ޕޯސްޓަރު ޢާއްމުކޮށްފިއެވެ.

ވިކީގެ ފަސްޓްލުކް ދައްކާލާފައިވަނީ، މި ފިލްމުގެ ލީޑް ކާސްޓްގައި ހިމެނޭ އަނެއް ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ފަސްޓްލުކް ޕޯސްޓަރުތައް މީގެ ދުވަސްތަކެއް ކުރިން އާންމުކުރުމަށް ފަހުއެވެ.

ފިލްމު 'ލަވް އެންޑް ވޯ' އަކީ ޙަޤީޤީ ދިރިއުޅުމުގައިވެސް ދެމަފިރިން ކަމަށްވާ އާލިއާ އަދި ރަންބީރު، ޑައިރެކްޓަރު ބަންސާލީއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ނަމަވެސް، ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ނެޝަނަލް އެވޯޑްވެސް ޙާސިލުކޮށްފައިވާ ވިކީ ކޯޝަލް، ބަންސާލީގެ ފިލްމަކުން ފެނިގެންދާނެ މިއީ ފުރަތަމަ ފަހަރެވެ.

ފިލްމު 'ލަވް އެންޑް ވޯ'ގައި ރަންބީރު އަދި އާލިއާ ކުޅޭ ކެރެކްޓާ ދައްކުވައިދޭ ޕޯސްޓަރުތަކެއް--ފޮޓޯ/މިޑްޑޭ

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 21ގައެވެ. މި ފިލްމަކީ ބޮލީވުޑްގެ އެންމެ އުންމީދީ އެއް ޕްރޮޖެކްޓުގެ ގޮތުގައި މިހާރުވެސް ވަނީ ފާހަގަކުރެވިފައެވެ.

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ، ވިކީ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތާރީޚީ އެކްޝަން ފިލްމު 'ޗާވާ'އިންނެވެ. ވިކީގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ އަމަރު ކޯޝަކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ ފިލްމު 'މަހާވާތަރު' ހިމެނެއެވެ. މި ފިލްމުގެ މަސައްކަތް ވިކީ ފަށާނީ ސަންޖޭގެ ފިލްމު 'ލަވް އެންޑް ވޯ'ގެ މަސައްކަތް ނިންމި ފިލްމު ރިލީޒްވުމަށްފަހުއެވެ.

comment ކޮމެންޓް