"ރާއްޖޭގައި ބިޒްނަސް ކިޔަވާ ދަރިވަރުންގެ އަދަދު 20 އިންސައްތައަށްވުރެ އިތުރުވުމަކީ ހާސްވާންޖެހޭ ކަމެއް"

ޑރ. ހަސަން ހަމީދު: އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ޚިލާފަށް އިސްލާމިކް މިނިސްޓްރީން ކަންކަން ކުރާ ކަމަށް ވިދާޅުވެފައި --

ރާއްޖޭގައި ބިޒްނަސް ކިޔަވާ ދަރިވަރުންގެ އަދަދު 20 އިންސައްތައަށްވުރެ އިތުރުވުމަކީ އެކަމާ ހާސްވާން ޖެހޭ ކަަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސާނަވީ އިމްތިހާނު ތަކުގައި އެކި ސްޓްރީމްތަކުން ބައިވެރިވެފައިވާ ދަރިވަރުންގެ ނިސްބަތް ހޯދުމަށް ޑރ. ހަސަން ހަމީދު ހުށަހެޅުއްވި އާރްޓީއައިގައިވާ ތަފާސްހިސާބުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، ރާއްޖެ ފަދަ ގައުމެއްގައި 20 އިންސައްތައަށްވުރެ ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް ކަމަށެވެ.

ޑރ. ހަސަން ވަނީ އިނގިރޭސި ވިލާތާއި ސިންގަޕޫރުގައި ވެސް ބިޒްނަސް ކިޔަވާ ދަރިވަރުންގެ ނިސްބަތް ފަސްބައިކުޅަ އެއް ބަޔަށް ވުރެ ދަށްކަމަށް ވިދާޅުވެފައެވެ.

"މި ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު [ބިޒްނަސް ކިޔަވާ ދަރިވަރުން] 80 އިންސައްތަ އަށް އެރުމުގެ ނަތީޖާކަމަށް ބައެއް މީހުން ބުނާނެ. މި ނިސްބަތާ މެދު ތިބާ ކަންބޮޑުވެ ވަޑައިގަންނަވަންތޯ އެވެ؟" ޑރ. ހަސަންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވަނީ އެ ޕޯސްޓާއެކު އެޑިއުކޭޝަން މިނިސްޓްރީއިން ފޯރުކޮށްދީފައިވާ 2025 ވަނަ އަހަރު ޖީސީއީ އޯލެވެލް އައިޖީސީ އެސްއީ އަދި އެސްއެސްއީ އިމްތިހާނުގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ބިޒްނަސް ސްޓްރީމްގެ ތިިން މާއްދާ (ބިޒްނަސް، އެކައުންޓް، އިކޮނަމިކްސް) އިން ޖުމްލަ 7،017 ދަރިވަރުން ވަނީ އިމްތިހާނުގައި ބައިވެރިވެފައެވެ. އެއީ ނިމުނު އަހަރުގެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 49 އިންސައްތައެވެ. އަދި ސައިންސް ތިން މާއްދާ (ބަޔޯލަޖީ، ކެމިސްޓްރީ، ފިޒިކްސް) އިން އިމްތިހާނުގައި ބައިވެރިވެފައިވަނީ ޖުމްލަ 8،957 ދަރިވަރުންނެވެ. އެއީ ޖުމަލް ދަރިވަރުންގެ 50 އިންސައްތައެވެ.

ހަމައެއާއެކު އާޓް ސްޓްރީމްގެ ދެ މާއްދާގެ ތެރެއިން ހިސްޓްރީ މާއްދާއިން 53 ދަރިވަރަކު އިމްތިހާނުގައި ބައިވެރިވެފައިވާއިރު ޖިއޯގްރަފީ މާއްދާއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 58 ދަރިވަރުންނެވެ. އެއީ ޖުމްލަ ދަރިވަރުންގެ އެއް އިންސައްތައެވެ.

comment ކޮމެންޓް