އެޕަލް ކުންފުނީގެ އަގުބޮޑު އާ އައިފޯންތައް ނެރެ ހަފްތާއެއްވެސް ނުވާއިރު، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މިވަނީ އުފާވެރި ޚަބަރެއް ލިބިފައެވެ. އެމެޒޯން މެދުވެރިކޮށް، ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތަކުން 250 އެމެރިކާ ޑޮލަރުގެ ބޮޑު ޑިސްކައުންޓެއް މިހާރު ލިބެން އެބަހުއްޓެވެ.
އެޕަލް އިން އަލަށް ނެރުނު އައިފޯން ޑުއޯ، އައިފޯން 18 ޕްރޯ އަދި 18 ޕްރޯ މެކްސް އާއެކު އައިފޯނަށް ލޯބިކުރާ މީހުން ޕްރީއޯޑަރު ކުރުމަށް އަވަސްވެގެންފައިވާއިރު، އެންމެންނަކީ އައިފޯނު ކަމުދާ ބައެއް ނޫނެވެ. އެހެންކަމުން އެންޑްރޮއިޑަށް ސަޕޯޓުކުރާ މީހުންނަށް، އެޕަލްގެ އާ ފޯނުތަކާ ވާދަކުރާ ފެންވަރުގެ ސެމްސަންގް ފޯނުތަކެއް ހެޔޮ އަގެއްގައި ގަތުމަށް މިއީ ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.
މި ޕްރޮމޯޝަންގެ ދަށުން، ސެމްސަންގް ގެލެކްސީ އެސް26 އަލްޓްރާގެ 256 ޖީބީގެ ބޭސް މޮޑެލްގެ އަންލޮކް ފޯނެއް 1299.99 ޑޮލަރުގެ ބަދަލުގައި 1049.99 ޑޮލަރަށް އެމެޒޯން އިން ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 20 އިންސައްތައިގެ ޑިސްކައުންޓެކެވެ. މިއީ އެޕަލްގެ އައިފޯން 18 ޕްރޯ މެކްސް އާ އެންމެ ގާތުން ވާދަކުރާނެ، ސެމްސަންގްގެ އެންމެ ފެންވަރު ރަނގަޅު ފޯނެވެ.
އެޕަލް ދޫކޮށްލާފައި އެހެން ފޯނަކަށް ބަދަލުވާން ބޭނުންވާ މީހަކަށް މިއީ އެންމެ ރަނގަޅު ފުރުޞަތެއް ---މޭޝަބަލްގެ ޓެކް އެޑިޓަރު ޓިމޮތީ ބެކް ވާތް ފާހަގަކޮށްފައިވާ ގޮތުގައި އެޕަލް ދޫކޮށްލާފައި އެހެން ފޯނަކަށް ބަދަލުވާން ބޭނުންވާ މީހަކަށް މިއީ އެންމެ ރަނގަޅު އެއް ފޯނެވެ. މި ފޯނުގައި ދުނިޔޭގެ ފެންވަރުގެ ކެމެރާ ސިސްޓަމަކާއި، 120 ހާޓްޒްއާ ހަމައަށް ރިފްރެޝް ރޭޓް ލިބޭ 6.9 އިންޗީގެ އެމޯލެޑް ޑިސްޕްލޭއެއް ހުރެއެވެ. މީގެ އިތުރުން ހަލުވި ސްނެޕްޑްރެގަން 8 އެލީޓް ޕްރޮސެސަރަކާއި، މުޅި ދުވަހު ހިފަހައްޓައިދޭ ބެޓެރީއެއްގެ އިތުރުން ސްޓައިލަސް ގަލަމަކާއި ޕްރައިވެސީ ޑިސްޕްލޭއެއް ވެސް މި ފޯނުގައި ހިމެނެއެވެ. މިއީ އަގުބޮޑު ފޯނަކަށް ވިޔަސް، މިއީ ކުރަން އެންމެ ރަނގަޅު އެއް އިންވެސްޓްމަންޓްކަމަށް ރިޕޯޓުގައިވެއެވެ.
އެސް26 އަލްޓްރާގެ އިތުރުން، އެޕަލްގެ އައިފޯން ޑުއޯ ފަދަ ފޯލްޑަބަލް ނުވަތަ ފަށްޖަހާލެވޭ ފޯނެއް ބޭނުންވާ ފަރާތްތަކަށް ވެސް މި ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން 256 ޖީބީގެ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 8 އެމެޒޯން އިން ލިބެން ހުރީ 1899.99 ޑޮލަރުގެ ބަދަލުގައި 1649.99 ޑޮލަރަށެވެ. މިއީ ވެސް ހަމަ 250 ޑޮލަރުގެ ޑިސްކައުންޓެކެވެ. ސެމްސަންގަކީ ފަށްޖަހާލެވޭ ފޯނު އުފެއްދުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
ވަރަށް ތުނި އަދި ލުއިކޮށް ފަރުމާކޮށްފައިވާ ޒީ ފޯލްޑް 8 ގައި ބޭނުންކޮށްފައިވަނީ ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރުމަށް އެކަށޭނަ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ގެ ޕްރޮސެސަރެކެވެ. މިއީ ފޮޓޯ އެޑިޓްކުރުމަށާއި، ފޮތް ކިޔުމަށާއި، ގޭމް ކުޅުމުގެ އިތުރުން ވީޑިއޯ ސްޓްރީމްކުރަން ވަރަށް ފުރިހަމަ ފޯނެކެވެ. މި ފޯނުގެ ކެމެރާގައި 50 މެގަޕިކްސެލްގެ ވައިޑް އަދި 50 މެގަޕިކްސެލްގެ އަލްޓްރާވައިޑް ލެންސެއް ހިމެނޭއިރު، މިއީ އެންމެ މަތީ ފެންވަރުގެ ކެމެރާތަކަށް ނުވި ނަމަވެސް ބޭނުންކުރަން އެކަށީގެންވާ ރަނގަޅު ކެމެރާތަކެކެވެ.
ފޯނުގެ އަގުން 250 ޑޮލަރު ކުޑަވުމަކީ، ކެމެރާގެ އެ އުނިކަން ފޫބައްދައިދޭނެ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.