ޖެމިނައި ބޭނުންކުރަމުން އެހެން އެޕްތައް ހުޅުވޭނެ އައު ފީޗާއެއް ތައާރަފުކުރަނީ

މިހާތަނަށް ޖެމިނައި ހުޅުވާލުމުން މުޅި ސްކްރީން ބަންދުވެ، އެހެން ކަމެއް ނުކުރެވޭ ----

ގޫގުލްގެ ޖެމިނައި އޭއައި ބޭނުންކުރަމުން ފޯނުގައި ހުންނަ އެހެން އެޕްލިކޭޝަންތައް އެއްފަހަރާ ހުޅުވައިގެން ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، ޖެމިނައި އޯވަލޭ ކުޑަކޮށްލެވޭ (މިނިމައިޒް ކުރެވޭ) އައު ފީޗާއެއް އެ ކުންފުނިން ދޫކުރަން ފަށައިފިއެވެ.

މިއީ އެއް ވަގުތެއްގައި އެކި މަސައްކަތްތައް ނުވަތަ މަލްޓިޓާސްކް ކުރަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ފޯނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގެނައި މުހިންމު ބަދަލެކެވެ.

މިހާތަނަށް ޖެމިނައި ހުޅުވާލުމުން މުޅި ސްކްރީން ބަންދުވެ، އެ ޗެޓްބޮޓާ ވާހަކަދައްކައި ނިމެންދެން ފޯނުން އިތުރު އެހެން އެޕްލިކޭޝަނެއް ހުޅުވައިގެން މަސައްކަތް ކުރުމަށް އޮންނަނީ ހުރަސްއެޅިފައެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޖެމިނައި އޯވަލޭ ކުޑަކޮށްލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ގޫގުލްއިން ކުރަމުންދާކަމުގެ ނިޝާންތަކެއް ވަނީ ފެނިފައެވެ.

https://sun.mv/226694

މިހާރު ބައެއް ޔޫޒަރުންނަށް މި ފީޗާ ފެންނަން ފަށާފައިވާއިރު، މި އަހަރުގެ ޖޫން މަހު ފެނުނު ޑިޒައިނާ އެއްގޮތަށް، އޯވަލޭ މަތީގައި "މިނިމައިޒް ޖެމިނައި" ގެ ނަމުގައި ވަކި ޚާއްސަ ބަޓަނެއް ވަނީ ހިމަނާފައެވެ. ކުރިން ޓެސްޓުކުރި ވާޝަންތަކުގައި މިފަދަ ސީދާ ބަޓަނެއް ނެތުމުގެ ސަބަބުން މި ފީޗާ ހޯދަން ގިނަ ބަޔަކަށް އުނދަގޫވި ނަމަވެސް، މި އައު ބަޓަން ޖެމިނައިއާ ވާހަކަދައްކަމުންދާ ވަގުތުވެސް ސްކްރީނުން ފެންނަން ހުރެއެވެ.

މި އައު ފީޗާގެ ސަބަބުން، ޖެމިނައިއަށް ދޭ އަމުރުތައް ނުވަތަ ޕްރޮމްޕްޓްތައް ބެކްގްރައުންޑުގައި ޕްރޮސެސްވަމުންދާއިރު ސްކްރީންގެ ސައިޒު ކުޑަކޮށްލައި، އެހެން އެޕްލިކޭޝަންތައް ހުޅުވައިގެން ބޭނުންކުރުމުގެ ފުރުސަތު ލިބެއެވެ. އެގޮތަށް މިނިމައިޒް ކޮށްލުމުން ޖެމިނައި އޯވަލޭ ބަދަލުވާނީ ޖެމިނައިގެ ލޯގޯ ހިމެނޭ ކުޑަ ބަބުލް (ބޮކި) އަކަށެވެ.

މި ބަބުލްގެ ކައިރީގައި ކުޑަ ލިޔުންކޮޅެއް ފެންނަން ހުންނައިރު، އޭގައި އަންގައިދެނީ އެ ބަބުލްއަށް ފިތާލައިގެން އަލުން ބޮޑުކޮށްލެވޭނެ ކަމާއި، ސްކްރީންގެ އެހެން ދިމާއަކަށް ދަމާފައި ބަދަލުކޮށްލެވޭނެ ކަމާއި، ބޭނުންނަމަ އެއްކޮށް ބަންދުކޮށްލެވޭނެ (ޑިސްމިސް ކުރެވޭނެ) ކަމެވެ. މިކަމުގެ ސަބަބުން ތިމާ ކުރަން ހުރި އެހެން މަސައްކަތްތަކަށް ހުރަސްނޭޅި، ފަސޭހަކަމާއެކު އޭއައި އެސިސްޓެންޓް ބޭނުންކުރުމުގެ ޖާގަ ލިބެއެވެ.

މި އައު ބަޓަން އަދި ފެންނަން ފަށާފައިވަނީ މަދު އަދަދެއްގެ ޔޫޒަރުންނަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ގޫގުލްއިން މި ފީޗާ ދޫކުރަމުން ދަނީ އެއްފަހަރާ އެންމެންނަށް ނޫން ކަމަށާއި، ވަކިވަކި މަރުހަލާތަކަކަށް ބަހާލައިގެން މަޑުމަޑުން ކަމަށް ބެލެވެއެވެ.

comment ކޮމެންޓް