34 އަހަރު ޝަރުއީ ދާއިރާއަށް ޚިދުމަތްކުރެއްވި އަލީ ޝަފީޤު ނިޔާވެއްޖެ

ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޛު ޢަލީ ޝަފީޤު -- ފޮޓޯ: އެކްސް؛ ރައީސް

ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޛު ޢަލީ ޝަފީޤު ނިޔާވެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ދަންނަވައިފިއެވެ.

އެމަނިކުފާނު ވަނީ މަރުހޫމްގެ އާއިލާއަށާއި، ޝަރުއީ އަދި ގާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ފޮނުއްވައި، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާކުރައްވާފައެވެ.

ޝަރުއީ ދާއިރާގެ އިތުރުން ޝަފީޤަކީ ދ. މީދޫއާއި ހުޅުމާލޭގައި ދިގު މުއްދަތެއް ވަންދެން ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

comment ކޮމެންޓް