ފިލްމު 'ދްރިޝްޔަމް 4' އުފައްދާނެކަން އިއުލާނުކޮށްފި

ފިލްމު "ދްރިޝްޔަމް 3"ގެ ކާސްޓުގައި ހިމެނޭ މައިގަނޑު ތަރިންތައް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަލަޔާޅަމް ކްރައިމް ޑްރާމާ "ދްރިޝްޔަމް"ގެ ތިންވަނަ ބަޔަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، އެ ފިލްމުގެ ހަތަރުވަނަ ބައި ވެސް އުފައްދާނެކަން ޕްރޮޑިއުސަރު އެންޓަނީ ޕެރުމްބަވޫރު ކަށަވަރުކޮށްދީފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ، އަޖޭ ދޭވްގަން ކުޅޭ ބޮލީވުޑްގެ ވާޝަން ފިލްމު "ދްރިޝްޔަމް 3"ގެ ޕޯސްޓަރު އާއްމުކުރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މަޅަޔާލަމް ވާޝަންގެ ހަތަރު ވަނަ ފިލްމުގެ ވެސް މައިގަނޑު ރޯލުން ފެންނާނީ މޯހަންލާލްކަން ޕްރޮޑިއުސަރު އެންޓަނީ ޕެރުމްބަވޫރު ވަނީ ކަށަވަރުކޮށްދީފައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ފްރެންޗައިސްގެ ތިން ވަނަ ފިލްމު ސިނަމާތަކަށް ގެނައީ މި އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.

ފިލްމު "ދްރިޝްޔަމް 3"ގެ މަންޒަރެއްގައި އެކްޓަރު މޯހަންލާލް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޖީތޫ ޖޯސެފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، މާބޮޑު އަޑިގުޑަންތަކަކަށްވުރެ ބޮޑަށް، އަސަރުގަދަ އަދި ލަސްލަހުން ކުރިއަށްދާ ގޮތަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ނިމިގެންދަނީ ހަތަރުވަނަ ބަޔަކަށް މަގުފަހިވާ ފަދަ ގޮތަކަށެވެ.

"ދްރިޝްޔަމް" ފްރެންޗައިޒް ފެށުނީ 2013 ވަނަ އަހަރު މޯހަންލާލްއާ އެކު ނެރުނު ފުރަތަމަ ފިލްމުންނެވެ. އޭގެ ދެވަނަ ބައި 2022ގައި ނެރުނުއިރު، ތިންވަނަ ބަޔަށްވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ.

އެގޮތުން "ދްރިޝްޔަމް 3"އަށް ލިބުނު އާމްދަނީގެ އަދަދު ޖުމްލަ 237 ކްރޯޑް ރުޕީސްއަށް ވަނީ އަރާފައެވެ. އިންޑިއާއިން އެކަނި 125 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ބޭރުގެ މާކެޓްތަކުން ފިލްމަށް 112 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

comment ކޮމެންޓް