ހުޅުމާލޭގައި ލަމްބަގިނީއެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަމްބަގިނީ ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓްވެފައި-- ފޮޓޯ: އެކްސިޑެންޓް މޯލްޑިވްސް

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަމްބަގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ބުރިޖު ހައިވޭއިން ހުޅުމާލެއަށް އަރާ ސަރަހައްދުގައި ހުރި ސޯލާ ޕެނަލްތަކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލް ނުވެ ގޮސް ވަނީ އެކޮޅުކޮޅުން ޖެހިފައެވެ.

ކާރު ގޮސް ޖެހުމުގެ ސަބަބުން، ހުޅުމާލެއަށް ހައިވޭއިން އަރާ ސަރަހައްދުގައި ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތަކަށާއި ސޯލާ ޕެނަލްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މީގެ އިތުރުން، އެކްސިޑެންޓުވި ލަގްޒަރީ ކާރަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނުވެއެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް މިހާތަނަށް ލިބޭގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް