ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު، "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަށް ހަދަނީ

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު -- ފައިލް ފޮޓޯ/ ބީއެމްއެލް

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކީ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށް ކެބިނެޓުން ނިންމައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އޮތް ކެބިނެޓު ބައްދަލުވުމުގައި ނިންމީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ލިބޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށެވެ.

އަދި އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ ކަންކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކުން ހޯއްދަވައިގެން މިކަން ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައެވެ.

ނަވާރަސަތޭކަ ހަތްދިހަ ހަވަނަ އަހަރު ގާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ގެ މަރުކަޒަކީ ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކޮށް، އިޖުތިމާއީ ގުޅުންތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް ކުރިއަށް ގެންދާ ތަނެކެވެ.

އަދި އެ މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ އަދި އެހެނިހެން އެހީތެރިކަމަށް ބޭނުންވާ މީހުން ދައުލަތުން ބަލަހައްޓައިދީ، ފަރުވާއާއި ދިރިއުޅުމުގެ ވަސީލަތްތައް ފޯރުކޮށްދޭ މައިގަނޑު މަރުކަޒު ވެސްމެއެވެ.

comment ކޮމެންޓް