ބްރިކްސް ބޭންކްގެ މެންބަރަކަށް އީރާން ވަނީ

ތެހެރާން (13 އޮގަސްޓް 2026) : ބްރިކްސް ޖަމާއަތުގެ ބޭންކް ކަމަށްވާ ނިއު ޑިވެލޮޕްމަންޓް ބޭންކްގެ މެންބަރަކަށް ވަރަށް އަވަހަށް އީރާން ވާނެކަން ކަމަށް އެ ގައުމުން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ އީރާނުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަބްދުއްނާސިރު ހިއްމަތީ އެވެ.

އިންޑިއާގައި ބާއްވާ ބްރިކްސް ޖަމާއަތުގެ މާލީ ކަންތައްތަކާބެހޭ ބައްދަލުވުމަށް ނިއުދިއްލީއަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ނިއު ޑިވެލޮޕްމަންޓް ބޭންކްގެ މެންބަރަކަށް ވަރަށް އަވަހަށް އީރާން ވާނެކަމަށާއި އެކަން ބްރިކްސް ޖަމާއަތުން މިހާރު ގަބޫލުކޮށްފައިވާ ކަމުގައެވެ.

މިކަމުގެ ސަބަބުން އީރާނަށް މާލީ ބޮޑެތި ފައިދާތަކެއް ވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއާއި ރަޝިއާ ބްރެޒީލް އާއި އިންޑިއާ އަދި ދެކުނު އެފްރިކާ އިސްވެ އޮވެގެން އުފެއްދި ބްރިކްސް ޖަމާއަތުގެ މެންބަރަކަށް އީރާންވީ 2024 ވަނަ އަހަރުއެވެ.

ބްރިކްސް ޖަމާއަތަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދީ ޖަމާއަތެވެ. ނިއު ޑިވެލޮޕްމަންޓް ބޭންކް ނުވަތަ ބްރިކްސް ބޭންކަކީ އުމްރާނީ އަދި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ލޯންއެހީ ދިނުމަށްޓަކައި ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ގުޅިގެން 2015 ވަނަ އަހަރު އުފެއްދި ބޭންކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް