ސެމްސަންގް ގެލެކްސީ ފޯލްޑް 8ގެ ޕްރީ-އޯޑަރު ރެކޯޑް އަދަދަކަށް އަރައިފި

ސެމްސަންގް ގެލެކްސީ ފޯލްޑް 8ގެ ޕްރީ-އޯޑަރު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

ސެމްސަންގުން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އައު ފޯލްޑަބަލް ފޯނުތައް ކަމަށްވާ ގެލެކްސީ ޒެޑް ފޯލްޑް 8 އާއި ޒެޑް ފްލިޕް 8 ސީރީޒަށް ލިބުނު ޕްރީ-އޯޑަރުގެ އަދަދު ވަނީ، ގެލެކްސީ ޒެޑް ސީރީޒްގެ ތާރީޚުގައި ވެސް އިތުރުނުވާ މިންވަރަކަށް އިތުރުވެފައެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ބަދަލަކީ، ކުރިން ގެލެކްސީ ޒެޑް ފްލިޕް ބޭނުންކުރަމުން އައި ފަރާތްތަކުގެ ތެރެއިން ގެލެކްސީ ޒެޑް ފޯލްޑް 8 އަށް އަޕްގްރޭޑްވާ މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާކަމެވެ. މި އަދަދު އިތުރުވެފައި ވީނަމަވެސް، އެ ކުންފުނިން މީގެ ހަގީގީ އަދަދުތައް ހާމަކޮށްފައެއް ނުވެއެވެ.

ކުރީގެ ޕްރީއޯޑަރުތަކަށްވުރެ ގާތްގަޑަކަށް 30 އިންސައްތަވަނީ އިތުރުވެފައި ----

ސެމްސަންގް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ގެލެކްސީ ޒެޑް ފޯލްޑް 8 އާއި ފޯލްޑް 8 އަލްޓްރާގެ ޕްރީ-އޯޑަރު، މީގެ ކުރީ ޖެނެރޭޝަން ކަމަށްވާ ފޯލްޑް 7 އާ އަޅާބަލާއިރު ގާތްގަނޑަކަށް 30 އިންސައްތަ އިތުރުވެފައިވާއިރު، ކޫރިއާ އަދި ރީޓެއިލް ޗެނަލްތައް މެދުވެރިކޮށް ކުރެވުނު ރިޒަވޭޝަންތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ފޯލްޑް މޮޑެލްތަކުންނެވެ.

ކުލަތަކަށް ބަލާއިރު، ސެމްސަންގްގެ ވެބްސައިޓުގައި ލެވެންޑާ ކުލައިގެ ފޯނުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ވިކި ހުސްވެފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ވިކުނީ ގްރެފައިޓް ކުލަ ކަމަށާއި، ޒުވާން ކަސްޓަމަރުން ގިނައިން ޚިޔާރުކުރަނީ ގްރީން ޝެޑޯ ގެލެކްސީ ޒެޑް ފޯލްޑް 8 އަލްޓްރާ، ޕިސްޓާޗިއޯ ފޯލްޑް 8 އަދި މިންޓް ފްލިޕް 8 ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފޯލްޑް 8 ނުވަތަ ފްލިޕް 8 ޕްރީ-އޯޑަރުކުރި ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތަ މީހުން ގެލެކްސީ ވޮޗެއް ވެސް ފޯނާ އެއްކޮށް ގަނެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ފޯލްޑަބަލް ސްމާޓްފޯން މާކެޓް އަހަރުން އަހަރަށް 20 އިންސައްތައަށް ވުރެ ބޮޑަށް ކުރިއަރައި، 2028 ވަނަ އަހަރާ ހަމައަށް މި މާކެޓްގެ ސައިޒު ދެގުނައަށް ވުރެ ބޮޑުވާނެ ކަމަށް ސެމްސަންގުން ލަފާކުރެއެވެ.

ސެމްސަންގްގެ ޒެޑް ފޯލްޑް 8 ތިން ސްޓޯރޭޖް ސައިޒެއްގައި، ތިން އަގެއްގައި ލިބެން ހުރެއެވެ. އެއީ 256 ޖީބީ، 1899.99 ޑޮލަރަށް (29,354.85 ރުފިޔާ)އަށް އަދި 512 ޖީބީ، 2،099.99 ޑޮލަރަށް (32444.85 ރުފިޔާ)އަށް އަދި ވަންޓީބީ 2،499.99 ޑޮލަރު (38،624.85 ރުފިޔާ)އަށެވެ.

https://sun.mv/225071

ސެމްސަންގުން އެންމެ ފުރަތަމަ ފޯލްޑަބަލް ފޯނެއް މާކެޓަށް ނެރުނީއްސުރެ، ސްމާޓްފޯނުގެ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އަދި ފަހުގެ ޖެނެރޭޝަންތަކުގައި ފޯނުތަކުގެ ބަރުދަނާއި، ފަށްޖަހާތަނުގައި އަންނަ ރޮނގު (ކްރީޒް) ކުޑަކުރުމާއި، އަދި ބޭރު ސްކްރީން ގެންގުޅެން ފަސޭހަކުރުމަށް އެ ކުންފުނިން ވަނީ ބޮޑެތި ކުރިއެރުމާއި އައު ޑިޒައިންތައް ތައާރަފުކޮށްފައެވެ.

މީގެ ސަބަބުން ފޯލްޑަބަލް ފޯނުތަކަކީ ހަމައެކަނި ޝައުގުވެރިކަމަކަށް ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި، އާންމު ދިރިއުޅުމުގައި ގިނަ ބަޔަކު ގެންގުޅެން ބޭނުންވާ މައިގަނޑު ފޯނުތަކަކަށް ވެގެންގޮސްފައިވެއެވެ.

comment ކޮމެންޓް