ލ. ގަމުގައި ޒުވާނަކު ގެއްލިގެން ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ގަމު ކައުންސިލުގެ އިއުލާނުގައިވާ ގޮތުން ގެއްލިގެން ހޯދަނީ އުމުރުން 20 އަހަރުގެ ތުނޑި، ކުރިބޯށި/ އަމްޖާޒު ޢަލީއެވެ.
އާއިލާއާ ހަވާލާދީ ކައުންސިލުން ބުނީ އަމްޖާޒު ގެއްލިފައިވަނީ ރޭ ދަންވަރު 12އިން ފެށިގެން ކަމަށެވެ.
އަމްޖާޒުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9502503 އަށް ގުޅުމަށް އޭނާގެ އާއިލާއިން އެދޭ ކަމަށް ވެސް ކައުންސިލުގެ އިއުލާނުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މީގެ ކުރިން ވެސް އާއްމުކޮށް ގެއްލިގެން ހޯދަން އިއުލާނުކުރާ މީހުން އަވަހަށް ފެނިފައި އެބަހުއްޓެވެ.