ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބޭއްވި ފޯރިގަދަ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" ވާދަވެރި މެޗުތަކަށްފަހު ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ޖުލައި 24 އާއި 25 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިން ކެފޭގައެވެ.
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓް ގުޅިގެން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ މި މުބާރާތުގައި 20 ޓީމު ބައިވެރިވެ ޖުމްލަ 80 ކުޅުންތެރިންގެ ހުނަރު ވަނީ ދައްކައިލައިފައެވެ. އަދި، ރާއްޖޭގައި އީސްޕޯޓްއަށް އޮތް މަގުބޫލުކަމާއި ވަރުގަދަ ތަރުހީބު މި މުބާރާތުން ވެސް ވަނީ ފެނިގެންގޮސްފައެވެ. މި މުބާރާތުގެ ޕްރިމިއަމް ޕާޓްނަރަކީ މިނީސޯ، އަދި އެލީޓް ޕަރޓްނަރަކީ ވިލާ މާޓެވެ.
ވާދަވެރި މެޗުތަކަކަށް ފަހު މި މުބާރާތުގެ އެއްވަނަ ހޯދައިފައި ވަނީ "ދި ސްނީކީ ސްކުއިރެލްސް"އެވެ. މުބާރާތުގެ ދެވަނަ ހޯދައިފައި ވަނީ "ޓޯފޫ މެގްނަމް ޕުޑިން" އަދި ތިންވަނަ ހޯދައިފައި ވަނީ "ތްރީ ބްރެއިން ސެލްސް"އެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަތައް ހޯދި ޓީމުތަކަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކުން ވަނީ ފައިސާގެ އިނާމު ލިބިފައެވެ.
ރޮކެޓް ލީގުގެ އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރި ފަރާތްތަކަށް ވެސް ހިލޭ ކުޅެވޭނެ ތަފާތު އިތުރު ގޭމުތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ރޭސިން ސިމިއުލޭޝަން، ވީއާރް ގޭމްސް، އެފްސީ 26 އަދި ޓެކެން ފަދަ ގޭމުތައް ހިމެނުނެވެ. މި އިވެންޓް ވެގެންގޮސްފައި ވަނީ ގޭމް ކުޅުންތެރިންނާއި، ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިންގެ އިތުރުން މުބާރާތް ބަލަން ޒިޔާރަތްކުރި ފަރާތްތަކަށް ވެސް ވަރަށް ފޯރިގަދަ އަދި މަޖާ އިވެންޓަކަށެވެ.
ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.