ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ ހަފުތާއަށް ފަހު މާދަމާ ބާއްވަނީ

ވިހިވަނަ މަޖިލީހުގެ މެންބަރުން: ދެ ހަފުތާ ވަންދެން ޖަލްސާތައް މެދުކަނޑައިލުމަށްފަހު ފަށަނީ މާދަމާ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވައިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހެވެ. އެ ފަހުން މަޖިލީހުގެ އެއްވެސް ކޮމިޓީ ބައްދަލުވުމެއް ވެސް ބާއްވައިފައި ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ހިނގާ ދެވަނަ ދައުރުގައި ޖަލްސާތައް އޮންނާނީ ޖޫން މަހުން ފެށިގެން މި ފެށޭ އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ ދައުރުތަކެކޭ އެއްފަދައިން މި ދައުރު ދަންމައިލުން ވެސް އެކަށީގެންވެއެވެ.

ބައެއް ކޮމިޓީތައް ފަސް މިނެޓު ނުވަތަ 10 މިނެޓުން ނިންމާލުމާއި ގަޑި ޖެހުމާއެކު ކޮމިޓީތައް ކެންސަލްކުރާ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވަމުން ނުދިޔުމުގެ އިތުރުން މެންބަރުން ބިލުތަކަށް ބަހުސްކުރާ ގޮތުގެ ސަބަބުން އާންމުންގެ ފާޑުކިޔުން އަބަދު ވެސް މަޖިލީހުގެ މެންބަރުންނަށް އަމާޒުވެއެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައާއި ގިނަ އިނާޔަތްތަކެއް ލިބޭއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަދު ވެސް އޮވެއެވެ.

ވަކިން ޚާއްސަކޮށް މިދިޔަ ދައުރުތަކާއި މި ހިނގާ ދައުރުގައި ވެސް ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި މަސައްކަތްތައް މަދުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގާތްގަނޑަކަށް ދެ ހަފުތާ ވުމަށްފަހު، އަލުން ޖަލްސާތައް ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. ވިހިވަނަ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވައިފައިވަނީ މި ހިނގާ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެއްވެސް ކޮމިޓީ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ހިނގާ ދެވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެހެންނަމަވެސް، މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި، ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ނުދީ އަވަހަށް ނިންމާލުމާއި، މެންބަރުންގެ މަސައްކަތުގެ ފެންވަރާމެދު އާންމުންގެ ގިނަ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް ދަނީ އަމާޒުވަމުންނެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް މެންބަރުންނަށް ބޮޑު މުސާރައެއް ދޭއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ ވަރަށް ބޮޑަށް އެބައޮތެވެ.

  • މަޖިލީހުގެ ޖަލްސާތައް ގާތްގަނޑަކަށް ދެ ހަފުތާގެ މެދުކަނޑާލުމަކަށްފަހު އަލުން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
  • އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
  • މަޖިލީހުގެ ދެވަނަ ދައުރު އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
  • މެންބަރުންނަށް ލިބޭ ބޮޑު މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މަސައްކަތް ނުކުރާތީ އާންމުންގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.
  • ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި މަސައްކަތްތައް މަދުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް