މިދިޔަ ހަފުތާގައި ސްކޭމްތަކަށް ދެ ލައްކަ ރުފިޔާ ގެއްލުނު؛ އެހެން މީހަކަށް ހެދިގެން ފައިސާ ހޯދުން އިތުރުވެއްޖެ

ސްކޭމްތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން: މިދިޔަ ހަފުތާގައި ސްކޭމްތަކަށް ދެ ލައްކަ ރުފިޔާ ގެއްލުނު -- ފޮޓޯ/ ފުލުހުން

ސްކޭމްތަކުގައި ޖެހުނު މީހުންގެ އަތުން މިދިޔަ ހަފުތާގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، އެހެން މީހަކަށް ހެދިގެން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ސްކޭމްތައް ހުއްޓުވުމަށް ޚާއްސަކޮށްފައިވާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ 12އިން 18އަށް، ސްކޭމްގެ 43 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލަތަކުގައި 254،517 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެ މުއްދަތުގައި ފުލުހުން ވަނީ ސްކޭމްތަކަށް ގެއްލުނު 188،799.72 ރުފިޔާ ހޯދައިފައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އާންމު ގޮތެއްގައި ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެންމެ ގިނައިން ސްކޭމް ކުރަނީ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެންމެ ގިނައިން ސްކޭމްކޮށްފައިވަނީ، އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެންނެވެ. އެގޮތުން އެފަދަ 14 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެއާ އަޅައިބަލާއިރު، އޭގެ ކުރީ ހަފުތާގައި ރިޕޯޓުކޮށްފައިވަނީ އެފަދަ އެންމެ ދެ މައްސަލައެވެ.

މިދިޔަ ހަފުތާގައި އޮންލައިން ވިޔަފާރީގެ ތެރެއިން ސްކޭމް ކުރުމުގެ 12 މައްސަލައެއް ހުށަހަޅައިފައިވާއިރު، ފައިސާ މާރުކުރުމުގައި އޮޅުވާލުމުގެ ދެ މައްސަލައެއް ވެސް ހުށަހަޅައިފައިވެއެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ސްކޭމް ކުރާ މީހުން އާންމުކޮށް ބޭނުންކުރާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން އެޕްތަކާއި އައިބޭއާއި ފޭސްބުކް މާކެޓްޕްލެސް ހިމެނެއެވެ. އަދި ފޯނުން ގުޅައިގެންނާއި ފިޝިން ލިންކްތަކުން ހެކްކޮށްގެން ވެސް ފައިސާ އަތުލާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސްކޭމްތަކުގައި ނުޖެހުމަށް ޓަކައި، ފައިސާ ފޮނުވުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އިރުޝާދުދެއެވެ. އެގޮތުން ފައިސާ ފޮނުވަން މީހަކު އެދިއްޖެ ނަމަ، އެއީ ހަގީގަތުގައި ވެސް އެ މީހާތޯ އެހެން ގޮތަކުން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ފައިސާ ފޮނުވަން އެދޭ މީހާގެ އެކައުންޓް ނަންބަރު ދިމާވޭތޯ ކަށަވަރުކުރުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، އޮންލައިންކޮށް މުއާމަލާތްކުރާއިރު އަބަދުވެސް ވާހަކަ ދައްކާ މީހާގެ ސައްހަކަން ކަށަވަރު ކުރުމަށާއި މުދާ ނުލިބެނީސް ފައިސާ ނުފޮނުވުމަށް އެ މުއައްސަސާއިން އިރުޝާދު ދީފައިވެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ހަފުތާގައި ސްކޭމްގެ 43 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި 254،517 ރުފިޔާ ގެއްލިފައިވާއިރު، މީގެ ތެރެއިން 188،799 ރުފިޔާ ފުލުހުން ވަނީ ހޯދައިފައެވެ. އާންމުގޮތެއްގައި އޮންލައިން ވިޔަފާރީގެ ސްކޭމްތައް ގިނަ ނަމަވެސް، މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެވެ. އޮންލައިންކޮށް ފައިސާގެ މުއާމަލާތްކުރާއިރު ސަމާލުވުމަށާއި، ފައިސާ ފޮނުވަން އެދޭ މީހާގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. ```json

  • *މައިގަނޑު ނުކުތާތައް:**
  • ފާއިތުވި ހަފުތާގައި ސްކޭމްގެ 43 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
  • މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމުލަ އަދަދު 254،517 ރުފިޔާއަށް އަރައެވެ.
  • އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 14 މައްސަލަ ހުށަހަޅައިފައިވެއެވެ.
  • ގެއްލުނު ފައިސާގެ ތެރެއިން 188،799 ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދައިފައެވެ.
  • ފައިސާ ފޮނުވުމުގެ ކުރިން މީހާގެ ސައްހަކަން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
comment ކޮމެންޓް