ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސުޕަ ސްޕެޝަލިސްޓުންނަށްވެ، އެއްމާބަނޑު ދެ ޑޮކްޓަރުން ތާރީޚުގެ ތެރެއަށް

އެއްމާބަނޑު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އަލްތާފު އަދުނާން އިސްމާއިލް އާއި ޑރ. އަލްމާސް އަދުނާން އިސްމާއިލް -- ސަން ފޮޓޯ

އެއްމާބަނޑު ދެ އަންހެން ޑޮކްޓަރުން, ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސުޕަ ސްޕެޝަލިސްޓުންނަށްވެ، މި ގައުމުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.

ރާއްޖޭގައި ޚިދުމަތާ ގުޅުނު މި ދެބެއިންނަކީ ގދ. ތިނަދުއަށް އުފަން ޑރ. އަލްތާފު އަދުނާން އިސްމާއިލާއި ޑރ. އަލްމާސް އަދުނާން އިސްމާއިލެވެ.

ޑރ. އަލްތާފަކީ އުރަމަތީ ކެންސަރަށް ޚާއްސަ ސަޕް ސްޕެޝަލިސްޓެކެވެ. އަދި ޑރ. އަލްމާސަކީ ލޮލުގެ ބަލިތަކަށް ޚާއްސަވެ، ގްލޯކޯމާ ސަބް ސްޕެޝަލިސްޓެކެވެ.

https://sun.mv/221351

އެ ދެ ޑޮކްޓަރުން ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާނެއެވެ.

ޑރ. އަލްމާސް ގްލޮކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަކުރެއްވީ ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޝަން އައި ހޮސްޕިޓަލުންނެވެ. އަދި ޑރ. އަލްތާފް ސަބް ސްޕެޝަލްޓީއަށް ތަމްރީނު ހޯއްދެވީ އިންޑިއާގައި ހުންނަ ރާޖީވް ގާންދީ ޔުނިވާސިޓީ އޮފް ހެލްތު ސައިންސަސްއިންނެވެ.

comment ކޮމެންޓް