ހިތަދޫން ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވާތީ ފެނަކަ އެމްޑީ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން--- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ލ. ހިތަދޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ޝާކިރު ވަނީ، ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ހުއްޓާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލާޒިމުކޮށްފައިވާ އަސާސީ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

ހިތަދޫގެ ކަރަންޓުގެ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މި އަހަރު ފެށުނީއްސުރެ ރަށުގެ ރައްޔިތުން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިތަދޫގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެފައިވުމުގެ ސަބަބުން، ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑެމުންދާ ކަމަށް މެންބަރު ޝާކިރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހިތަދޫ ކަރަންޓު މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މި ސަރުކާރުވަނީ ނުކުޅެދިފައި،" މެންބަރު ޝާކިރުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އޭނާ ވިދާޅުވީ މިއަދާ ހަމައަށްވެސް މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

https://sun.mv/222732

މި މައްސަލައާ ގުޅިގެން ހިތަދޫ ފެނަކަ ބްރާންޗުން މީގެ ކުރިން ބުނެފައިވަނީ، ރަށުން ކަރަންޓު ކެނޑެނީ އެންމެ ބޮޑު ޖަނަރޭޓަރު (600 ވޮޓު) ހަލާކުވުމުން ކަމަށެވެ. ބާކީ ހުރި ދެ ޖަނަރޭޓަރުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ނުދެވޭތީ، ދެ ލޭނަކަށް ބަހާލައިގެން ކޮންމެ އެއްގަޑިއިރަކުން ބަދަލުކުރާ ގޮތަށް ކަރަންޓު ދެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ،

ގާތްގަނޑަކަށް 1،000 މީހުންގެ އާބާދީއެއް އޮންނަ ހިތަދޫގައި މި މައްސަލަ ފެންމަތިވާން ފެށީ މީގެ ހަމަސް ކުރިންނެވެ.

މެންބަރު ޝާކިރު ވަނީ މި މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ތާވަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ފެނަކައިން ހިދުމަތްދޭ ގިނަ ރަށްތަކަކުން ކަރަންޓު ކެނޑުމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ލ. ހިތަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު ވަނީ ހުށަހަޅުއްވާފައެވެ. މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި، ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް އެއްވެސް ތަފާތުކުރުމެއްނެތި ކަށަވަރުކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ރަށުގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވުމާ ގުޅިގެންނެވެ. މީގެ ސަބަބުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑި، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސްއެޅި، ގޭގޭގައި ގެންގުޅޭ އަގުބޮޑު އިލެކްޓްރޯނިކް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން މެންބަރު ފާހަގަކުރައްވާފައިވެއެވެ. ގާތްގަނޑަކަށް 1000 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގެ ރައްޔިތުންނަށް މި ދަތިކަން ކުރިމަތިވެފައިވާތީ، ވީއެންމެ އަވަހަކަށް ކޮމިޓީ ބައްދަލުވުމެއް ބާއްވައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައިވެއެވެ.

  • ހިތަދޫގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އެމްޑީ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުން.
  • ރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެފައިވުން.
  • ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންގެ އިލެކްޓްރޯނިކް މުދަލަށް ގެއްލުންވަމުންދިއުން.
  • އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަހަކަށް ތާވަލުކޮށްދިނުމަށް މެންބަރުގެ އެދިވަޑައިގަތުން.
  • މިއީ 1000 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށް ފާއިތުވި ހަމަސް ދުވަހު ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް.
comment ކޮމެންޓް