ޝައިޚް ޙަމަދުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށްޓަކައި މިއަދު ހެނދުނު ގަތަރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އިއްޔެގެ ވަގުތެއްގައި އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު އަދި "ފާދާ އެމީރު" ޝައިޚް ޙަމަދުގެ ވަކިވެދިއުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށާއި ޝާހީ އާއިލާއަށް ދިވެހިރާއްޖޭގެ ފަރާތުން ސީދާ ތައުޒިޔާ ރައްދުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް، ޝައިޚް ޙަމަދުގެ ދުރު ވިސްނޭ ލީޑަޝިޕްގެ ދަށުން ގަތަރަށް ހޯއްދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރައްވައި ތައުޒިޔާ ފޮނުއްވާފައެވެ.

https://sun.mv/224543

އުމުރުފުޅުން 74 އަހަރުގައި އަވަހާރަވި ޝައިޚް ޙަމަދުގެ ޖަނާޒާގެ ކަންކަމުގައާއި ޝާހީ އާއިލާގެ ހިތާމައިގައި ބައިވެރިވުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި އިއްޒަތްތެރިން ވެސް މިހާރު ދަނީ ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގަންނަވަމުންނެވެ.

comment ކޮމެންޓް