ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު 'އޮބްސެޝަން' އެމެޒޯން ޕްރައިމްއަށް

މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު، "އޮބްސެޝަން" އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާކުރިކަން އިއުލާނުކޮށްފިއެވެ.

ޔުނިވާސަލް ޕިކްޗާސް އިންޑިއާ އާއި ވޯނަ ބްރަދާސް ޑިސްކަވަރީ ގުޅިގެން ގެނެސްދިން މި ބިރުވެރި ފިލްމަކީ، ޔޫޓިއުބްގައި މަގުބޫލުކަން ހޯދާފައިވާ ކޮންޓެންޓް އުފެއްދުންތެރިޔާ ކަރީ ބާކަރް ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ.

އެމެޒޯން ޕްރައިމްގައި މި ފިލްމު ޕްރީމިއާކުރި ނަމަވެސް ފިލްމު އަދި ބަލާލެވޭނީ 299 ރުޕީސް ދެއްކުމަށްފަހު ކުއްޔަށް ނަގައިގެންނެވެ. ފިލްމު ކުއްޔަށް ހިފާތާ 30 ދުވަހުގެ ތެރޭގައި ބަލަން ފަށަންޖެހޭނެއެވެ. އަދި ބަލަން ފަށާތާ 48 ގަޑިއިރުގެ ތެރޭގައި ފިލްމު ބަލައި ނިންމަން ޖެހޭނެއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ އިންސާނާ ހިތް އެދޭ ކަންކަން ފުރިހަމަކުރުމަށް ބޭނުންވެފައިވާ މިންވަރާއި ކަންކަމަށް ހިތްޖެހޭ މިންވަރުގެ މައްޗަށެވެ.

ފިލްމު "އޮބްސެޝަން"ގެ ޑައިރެކްޓަރު ކަރީ ބާކާ -- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

ފިލްމު އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި، "އޮބްސެޝަން" އަކީ އިންސާނާ ކަންކަމަށް ބޭނުންވާ މިންވަރު ކޮންޓްރޯލް ނުކުރެވި ހައްދުން ބޭރުވުމުގެ ސަބަބުން، އާދައިގެ ލޯބި ނުރައްކާތެރި ކަމަކަށް ބަދަލުވެގެންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ.

މި ފިލްމަކީ މިހާތަނަށް އިންޑިއާގައި ރިލީޒްކުރި ހޮލީވުޑް ފިލްމުތަކުގެ ތެރެއިން، އެ ގައުމުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑް ފިލްމެވެ. ފިލްމު "އޮބްސެޝަން" ވަނީ އެކްޓަރު ރަޔަން ގޮސްލިންގެ "ޕްރޮޖެކްޓް ހެއިލް މޭރީ" ވެސް ފަހަތަށް ޖައްސާލުމަށް ފަހު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

comment ކޮމެންޓް