ތިނަދޫ ބޯޓެއް އަޑިއަށް ހިނގައްޖެ

ޖަޒީރާ ބޯޓު އަޑިއަށް ދަނީ ---

ގދ. ތިނަދޫގެ ބޯޓެއް މިއަދު ހަވީރު އަޑިއަށް ހިނގައްޖެއެވެ.

ޖަޒީރާ ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދާކަން އެމްއެންޑީއެފުން 'ސަން'އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން 'ސަން'އަށް ބުނީ، ޖަޒީރާ ބޯޓު މާލެއިން ފުރައިގެން ތިނަދުއަށް ދަތުރުކުރަނިކޮށް ވ. ފެލިދޫ ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 03:26 ހާއިރު ކަމަށެވެ.

އެ ބޯޓުގައި ތިބި ހުރިހާ އެންމެން 'ވިލާ ދުވެލި' ކިޔާ ލޯންޗަކަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވަމުންނެވެ.

ހަމައެއާއެކު މި ކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް އެމްއެންޑީއެފުން ވެސް ބުންޏެވެ.

މީސްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ބޯޓުގެ ބައެއް މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ދެ ތިން މީހަކު އެ ބޯޓުގައި ހަރަކާތްތެރިވަމުން ދިޔައިރު، ބެލެވޭ ގޮތުގައި އެއީ މުދާ އުފުލާ ބޯޓެކެވެ.

comment ކޮމެންޓް